ކ. މާލެ
|
9 ޖުލައި 2022 | ހޮނިހިރު 15:43
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ފުނޑުފުނޑުވެފައި
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ފުނޑުފުނޑުވެފައި
މުހައްމަދު ޔާސިރު މޫސާ
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އައިސީޔޫގައި ތިބި 4 މީހުންގެ ތެރެއިން އެކަކު ވޯޑަށް
 
އެކްސިޑެންޓުގައި 23 އަހަރުގެ އަންހެނަކު ވަނީ މަރުވެފައި
 
އެކްސިޑެންޓުގައި އަނިޔާވި 2 މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި
 
މި އެކްސިޑެންޓުގައި 3 މީހަކަށް އަދިވެސް ދަނީ އައިސީޔޫގައި ފަރުވާ ދެމުން

ޖުލައި 4 ވަނަ ދުވަހު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކާރެއް ކޮންޓްރޯލު ނެތި ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އައި 4 މީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލު ކޮށްފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާއިން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދިން ގޮތުގައި އެކަކު ވޯޑަށް ބަދަލު ކޮށްފައިވަނީ ހޮނހިރު ދުވަހުއެވެ. އެ މީހާގެ ހާލަތާ ގުޅެގޮތުން އަދި އެއްޗެއް ބުނަން ދަތި ކަމަށާއި ނަމަވެސް އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ހާދިސާގައި 6 މީހަކަށް ވަނީ އަނިޔާވެފައެވެ. އެއީ އެ ވަގުތު ކާރުގައި ތިބި 4 މީހަކާއި ބަހުގައި ތިބި 2 މީހަކަށެވެ. ކާރިގައި ތިބި 4 މީހުންގެ ތެރެއިން މަރުވެފައިވަނީ 23 އަހަރުގެ އަންހެނެކެވެ. އެއީ ގއ. މާމެންދޫ ބިލަތްމާގެ މަރިޔަމް އަމާނީ ރަޝީދުއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވާއިރު މިވަގުތު އައިސީޔޫގައި ފަރުވާ ދެމުން ދަނީ 3 މީހުންނަށެވެ. އޭގެ ތެރެއިން 2 މީހުންނަށް އަދިވެސް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

ޖުލައި 4 ވަނަ ދުވަހުގެ އިރުއޮއްސި 6 އެހާކަންހާއިރު ހިނގައިދިޔަ އެ އެކްސީޑެންޓްގެ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު ބާރު ސްޕީޑގައި އައިސް ކޮންޓްރޯލް ނެތި އެނބުރެމުން އައިސް ބަހުގައި ޖެހުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓުގައި ކާރު އެއްކޮށް ފުނޑުފުނޑުވެފައިވާއިރު ބަހުގެ ކުރިމަތި ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގިފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މުއައްސަސާއިން ބުނީ މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގުމުގެ މައިގަނޑު ސަބަބަކީ އުޅަނދު ދުއްވަން އިންނަ ޑްރައިވަރު ފަރުވާކުޑަވުންކަމަށެވެ. އަދި އޯވަރޓޭކްކުރުމާއި ކަނޑައަޅާފައި އޮންނަ ސްޕީޑަށް ވުރެ ބާރަށް ނުވަތަ މަޑުން ދުއްވުމާއި ގޯޅި އެޅުމާއި ޔޫޓަރން ނެގުމުގައި އެހެން އުޅަނދުތަކަށް ސަމާލުކަން ނުދިނުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ނުރައްކާތެރިގޮތަށް، ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަމުން އަންނައިރު ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި މި މައްސަލައިގައި 40 އަށްވުރެ ގިނަ އުޅަނދު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އުޅަނދު ދުއްވުމުގެ ލައިސެންސް ނެތިގެން ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި 1030 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ބާރު ސްޕީޑުގައި ދުއްވާ ފަރާތްތައް ވީޑިއޯ ފުޓޭޖްގެ ޒަރީއާއިން ހޯދައިގެން ވެސް ފިޔަވަޅު އަޅަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް