ކ. މާލެ
|
7 ޖުލައި 2022 | ބުރާސްފަތި 18:15
އެކްސިޑެންޓްތަކާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެކްސިޑެންޓްތަކާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
މަގުމަތީގައި ހިނގާ ހާދިސާތަކުން ރައްކާތެރިވުން
އެކްސިޑެންޓް ހިނގުމުގެ މައިގަނޑު ސަބަބަކީ ޑްރައިވަރު ފަރުވާ ކުޑަވުން: ފުލުހުން
 
އޯވަރޓޭކްކުރުމާއި ގޯޅި އެޅުމުގައި ބަލަންޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުން އެކްސިޑެންޓްވޭ
 
ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވާކަން ފާހަގަކުރެވޭ
 
މަގުމަތީގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާނަމަ އެކްސިޑެންޓުތައް މަދުވާނެކަމަށް ފުލުހުން ބުނޭ

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގުމުގެ މައިގަނޑު ސަބަބަކީ އުޅަނދު ދުއްވަން އިންނަ ޑްރައިވަރު ފަރުވާކުޑަވުންކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގައި މި ދުވަސްވަރު އެކްސިޑެންޓްތައް ގިނަވެފައިވާތީ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، އެކްސިޑެންޓުތައް ހިނގާ ގިނަ ސަބަބުތަކެއް ހުންނަކަމަށެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އުޅަނދު ދުއްވަން އިންނަ ޑްރައިވަރު ފަރުވާކުޑަވުންކަމަށާއި، އޭގެ އިތުރުން އޯވަރޓޭކްކުރުމާއި ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވުން ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުސައިން ސަމީރު ވިދާޅުވީ ވިއްސާރަ މޫސުމާ ގުޅިގެން މިދިޔަ ހަފްތާގައި މާލޭގައި ހިނގި އެކްސިޑެންޓުތައް އިތުރުކަން ފާހަގަކުރެވިފައިވާކަމަށެވެ. މިއީ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވި ހުރުމާއި މަގުމައްޗަށް ދޭން ޖެހޭ ސަމާލުކަން އެންމެ ރަނގަޅަށް ނުދެވުމުގެ ސަބަބުން ދިމާވާ ހާދިސާތައް ކަމަށާއި، ދޭން ޖެހޭ ސަމާލުކަން ދޭނަމަ އެކްސިޑެންޓުތައް މަދުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކުރައްވައި ސަމީރު ވިދާޅުވީ، ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި 40ށްވުރެ ގިނަ އުޅަނދު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި އުޅަނދު ދުއްވުމުގެ ލައިސެންސް ނެތިގެން ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި 1030 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ސަމީރު ވިދާޅުވިއެވެ. ބާރު ސްޕީޑުގައި ދުއްވާ ފަރާތްތައް ވީޑިއޯ ފުޓޭޖްގެ ޒަރީއާއިން ހޯދައިގެން ވެސް ފިޔަވަޅު އަޅަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ލައިސެންސް ނެތި ދުއްވާ (ޚާއްސަކޮށް ސައިކަލު ދުއްވާ) ފަރާތްތައް ގިނަކަން ފާހަގަކުރެވޭ. އެގޮތުން 1030 އުޅަނދެއް، ލައިސެންސް ނެތި ދުއްވައިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފަވޭ. މީހުންގެ ހިތުގަ ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ އުޅަނދުތައް ހުއްޓުވަމުން އެބަ ގެންދޭ. އަދި ކެމެރާތަކުން ބަލައިގެންވެސް، އަދި އާއްމުންގެ ފަރާތުން ލިބޭ މައުލޫމާތުތަކަށް ބަލައިގެންވެސް ބެލުމުގެ ދަށަށް ގެނެސްފަ އެބަހުރި. އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ވެސް މިގޮތަށް މަސައްކަތްކުރާނަން.
ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު

ބްރިޖްމަތީގައި ހިނގާ އެކްސިޑެންތުތަކުގައި، ކަނޑައަޅާފައި އޮންނަ ސްޕީޑަށްވުރެ މަޑުން ނުވަތަ އެއަށްވުރެ ބާރަށް ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ކަނޑައަޅާފައި އޮންނަ ގަވާއިދާ ޚިލާފަށް އޯވަރޓޭކްކުރަން އުޅެގެންވެސް އެކްސިޑެންޓުތައް ހިނގާފައިވާކަމަށް ސަމީރު ވިދާޅުވިއެވެ.

ބްރިޖުމަތީގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް ލިމިޓެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ 25 ކިލޯމީޓަރާ 50 ކިލޯމީޓަރާ ދެމެދުގެ ސްޕީޑެކެވެ.

ސްޕީޑަށްވުރެ ދަށްކޮށްވެސް ބައެއް ފަރާތްތަކުން ދުއްވާ، އަދި ކަނޑައަޅާފަ އޮންނަވަރަށްވުރެ ބާރަށް ދުއްވައިގެންވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ. ހަމައެއާއެކު ސިގްނަލް ދީގެން، ހުއްދަ ލިބިގެން، ކަނާތްފަރާތުން އޯވަރޓޭކްކުރަން އޮންނައިރު، އެބަ ފެނޭ ވާތްފަރާތުންވެސް އޯވަރޓޭކްކުރާތަން. މިކަންކަމަކީ ދުއްވަން އިންނަ ފަރާތަށް ސިހުން ލިބިގެންވެސް އެކްސިޑެންޓުތައް ހިނގާކަމެއް.
ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމް ވިދާޅުވިގޮތުގައި ހުޅުމާލޭގައި އެންމެ ގިނައިން މަގުމަތީގެ ހާދިސާތައް ހިނގާފައިވަނީ ޔޫ ޓަރން ނެގުމުގައި މަގަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ކަމަށެވެ. އަދި ޖަންކްޝަންތަކާއި ގޯޅިތަކުން އަޅާއިރު އެއް އުޅަނދު އަނެއް އުޅަނދަށް ޖާގަ ނުދިނުމުގެ ސަބަބުންވެސް ހާދިސާތައް ދިމާވާކަމަށް އޭނާ ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، ތާރު އަޅާފައި ހުންނަ މަގުތަކުގައި ހިނގާ ކުޑަ އެކްސިޑެންޓެއްގެ ސަބަބުން ވެސް ބޮޑެތި އަނިޔޔާތަކެއް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ހުރިހާ އެންމެންވެސް ދުއްވާއިރު އެހެން އުޅަނދުތަކާއި ހިނގާބިގާވެ އުޅޭ މީހުންނަށް ސަމާލުކަން ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ދުއްވާ ފަރާތްތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެއް، މަގުގެ ލޭނުތަކާ އެއްގޮތަށް މަގުގެ ގޯޅިތަކާ ޖަންކްޝަންތަކަށް ދޭންޖެހޭ ސަމާލުކަން ދީގެން، މަގަށް އެ ވަގުތެއްގަ ޖާގަ ދޭންޖެހޭ އުޅަނދުތަކަށް ޖާގަ ދޭ ސަގާފަތަކާ އާދަކާދަ އަށަގަންނުވަން އެބަޖެހޭ. ޔޫ ޓަރން މީ ވަރަށް އާއްމު ކަމެއް. ޚާއްސަކޮށް ޓެކްސީ ޑްރައިވަރުން ޔޫ ޓަރން ނެގުމުގަ ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމް

އެކްސިޑެންޓުތައް ހިނގުމަށް ދިމާވާ އިތުރު ސަބަބެއްގެ ގޮތުގައި ފުލުހުން ފާހަގަކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ޕާކުކުރުމެވެ. އެގޮތުން، މަގުން ދާ ބޮޑެތި އުޅަނދުތަކަށް ޖާގަ ނުލިބޭގޮތަށް ބައެއް އުޅަނދުތައް ޕާކުކޮށްފައި ހުންނަކަން ފާހަގަކުރެވޭކަމަށާއި، އޭގެ ސަބަބުން އެ އުޅަނދު ލޭނުން ބޭރަށް ޖެހެން މަޖުބޫރުވެ، އެކްސިޑެންޓުތައް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
30%
10%
10%
20%
10%
20%
ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި