Advertisement
ކ. މާލެ
|
3 ޖުލައި 2022 | އާދީއްތަ 14:00
މާފުށީ ޖަލުގެ އީއެސްޖީ އޮފިސަރުން މަންޑޭލާ ރޫލްސްއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގުން
މާފުށީ ޖަލުގެ އީއެސްޖީ އޮފިސަރުން މަންޑޭލާ ރޫލްސްއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގުން
ކަރެކްޝަން ސަރވިސް
ނެޝަނަލް މަންޑޭލާ ރޫލްސް
މާފުށީ ޖަލުގެ އީއެސްޖީ އޮފިސަރުން މަންޑޭލާ ރޫލްސްއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް
ޕްރޮގްރާމްގައި ޖުމްލަ 14 އީއެސްޖީ އޮފިސަރުން ވަނީ ބައިވެރިވެފައި
މިއީ އީއެސްޖީ އޮފިސަރުންނަށް މިގޮތުން ހިންގޭ ފުރަތަމަ ޕްރޮގްރާމް
މަންޑޭލާ ރޫލްސް ފޮތުގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރު

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)” އަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް މާފުށީ ޖަލުގެ އެމަޖަންސީ ސަޕޯޓް ގްރޫޕްގެ އޮފިސަރުންނަށް ފަށައިފިއެވެ.

ޖުލައި 01 ން 04 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ޖުމްލަ 14 އީއެސްޖީ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މިއީ އީއެސްޖީ އޮފިސަރުންނަށް މިގޮތުން ހިންގޭ ފުރަތަމަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ “ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)” ނުވަތަ ޖަލުތަކުގައި ބޭނުންކުރާ ބައިނަލްއަޤްވާމީ މިންގަނޑުތައް، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި މަސައްކަތްކުރާ ހުރިހާ ޖަލު އޮފިސަރުން އަޙުލުވެރިކުރުވައި، ޖަލު އޮފިސަރުންގެ މަސައްކަތްތައް ތަރައްޤީކޮށް ސްޓްރީމްލައިން ކުރުވުމެވެ.

އީއެސްޖީ އޮފިސަރުންނަށް މި ޕްރޮގްރާމްގައި ކިޔަވައިދެނީ “ދަ ނެލްސަން މަންޑޭލާ ރޫލްސް” ގެ “ޓްރޭނިންގ އޮފް ޓްރޭނަރސް” ޕްރޮގްރާމް ފުރިހަމަކުރި ޕްރިޒަން ސާރޖެންޓް އާދަމް ޒާހިދުއެވެ.

Advertisement

"ނެލްސަން މަންޑޭލާ ރޫލްސް،" މި ފޮތަކީ ދެކުނު އެފްރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސްކަމުގައިވާ ނެލްސަން މަންޑޭލާގެ ޝަރަފުގައި ލިޔެފައިވާ، އެއިރު ދެކުނު އެފްރިކާގައި ހިނގަމުންދިޔަ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް އޭނާ ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ލިޔެފައިވާ ފޮތެކެވެ.

ޖަލުތަކުގައި ގައިދީންނާ މެދު އަމަލު ކުރާނެ ގޮތުގެ އެންމެ ދަށް މިންގަނޑުތައް ކަނޑައަޅާފައިވާ ދި ޔުނައިޓެޑް ނެޝަނަލް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީޓްމަންޓު އޮފް ޕްރިޒަންސް، ދި ނެލްސަން މަންޑޭލާ ރޫލްސް ފޮތުގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ.

މި ފޮތް ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވަނީ ހޯމް މިނިސްޓްރީއާއި ޔޫއެންއޯޑީސީ ގުޅިގެންނެވެ. މިފޮތުގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ކަރެކްޝަނާއި ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް