ކ. މާލެ
|
2 ޖުލައި 2022 | ހޮނިހިރު 22:09
ވަޒީފާއިން ވަކިކުރި ދެ ޕޮލިސް އޮފިސަރުން
ވަޒީފާއިން ވަކިކުރި ދެ ޕޮލިސް އޮފިސަރުން
ސޯޝަލްމީޑިއާ
މެގަން މާރކްލް
މެގަންއާ ގުޅޭގޮތުން ބޭއަދަބީ ވާހަކަ ދެއްކި ދެ ޕޮލިސް އޮފިސަރުން ވަޒީފާއިން ވަކިކޮށްފި
އެމީހުން ވަނީ ރޭސިސްޓް، އަދި ބޭއަދަބީ ވާހަކަތަކެއް ގްރޫޕް ޗެޓެއްގައި ދައްކާފައި
އެމީހުންނަށް ދެން ޔޫކޭގެ އިތުރު ޕޮލިސް ސްޓޭޝަނަކުން ވަޒީފާއެއް ނުލިބޭނެ

މެގަން މާރކްލްއާ ގުޅޭގޮތުން ގްރޫޕް ޗެޓެއްގައި ބޭއަދަބީ ވާހަކަ ދެއްކި ދެ ޕޮލިސް އޮފިސަރުން ވަޒީފާއިން ވަކިކޮށްފިއެވެ.

ލަންޑަންގައި ހުންނަ ބެތުނަލް ގްރީން ޕޮލިސް ސްޓޭޝަންގެ ޔުނިޓެއްގައި މަސައްކަތްކުރަމުންދިޔަ ޕީސީ ސުޚްދޭވް ޖިއަރ އަދި ޕީސީ ފޯލް ހެފޯރޑް، 2018 ވަނަ އަހަރު ވަނީ މެގަންއާ ގުޅުވައި ރޭސިސްޓް މެސެޖުތަކެއް ވަޓްސްއެޕް ގްރޫޕަކަށް ފޮނުވާފައެވެ.

މި މައްސަލައިގެ ޝަރީއަތްތައް ކުރިއަށްދާއިރު، ޝަރީއަތުގައި ވަނީ މި މެސެޖުތަކުގައި މެގަންއާ ގޮލިވޮގް ޓޯއީއަކާ އަޅާކިޔާފައިވާކަމަށް ބުނެފައެވެ. މި މެސެޖުތަކުގެ ސީރިއަސްކަމާއި، މި މެސެޖުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތަކަށް އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ އެ އޮފިސަރުން ވަޒީފާއިން ވަކިކުރުންކަމަށް ޕެނަލްއިން ވަނީ ނިންމާފައެވެ.

މެޓްރޯޕޮލިޓަން ޕޮލިސްއިން އެމީހުންގެ އަމަލުތަކުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ބަޔަކަށް ޔޫކޭގެ އެހެން ޕޮލިސް ސްޓޭޝަންއަކުންވެސް ވަޒީފާއެއް ނުލިބޭނެއެވެ.

- ކޮމެންޓް