ކ. މާލެ
|
2 ޖުލައި 2022 | ހޮނިހިރު 14:01
 ރިޟްވާން އާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ފުލުހުން 3މީހުން ހައްޔަރު ކުރުން
ރިޟްވާން އާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ފުލުހުން 3މީހުން ހައްޔަރު ކުރުން
ޕޮލިސް
ރިޟްވާން އާއި ޔާމީނުގެ މަރު
ރިޟްވާން އާއި ޔާމީނުގެ މަރާއި ގުޅުވައި ހައްޔަރުކުރި 3 މީހުންގެ މައްސަލަ ޕީޖީގެ މަޝްވަރާއަށް
3 މީހުންނަކީވެސް ޖިނާއީ ކުށްތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން
އެމީހުން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި
އެ 3 މީހުން ހައްޔަރުކޮށްފައިވަނީ 26 ޖޫން 2022 ގައި

ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެމައްސަލަ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރު ކުރި 3 މީހުންގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މަޝްވަރާއަށް ހުށައަޅައިފިއެވެ.

އެ މައްސަލަތަކާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އަހުމަދު މުއާޒް (ގަޓު މުއާ) ނަމަކަށް ކިޔާ މީހަކާއި، އިސްމާއިލް އަބްދުލްރަހީމް (އިސޫ) އާއި، އަހުމަދު އިސްމާއިލް (އަހަނދު) އެވެ. އެ 3 މީހުން ހައްޔަރުކޮށްފައިވަނީ 26 ޖޫން 2022 ގައެވެ. އެމީހުން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މަރު ކޮމިޝަނުން މިހާރު ވަނީ އެ މައްސަލަތައް އެ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށައަޅާފައެވެ. އެއީ އެމީހުން ހައްޔަރުކުރި ދުވަހުއެވެ.

އެ މައްސަލައާއި ގުޅުންހުރި އެކި މަރުޙަލާތަކުގައި ޕީޖީ އޮފީހުން ލަފަޔާއި މަޝްވަރާ ދެމުންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

އެ 3 މީހުން ހައްޔަރު ކޮށްފައިވަނީ ރިޟްވާން އާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި، އެކަމަށް މަގުފަހި ކުރުވުމަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ.

އެ 3 މީހުންނަކީވެސް ޖިނާއީ ކުށްތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ.

- ކޮމެންޓް