ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 20:38
ލީގު މެޗެއްގައި ގްރީން ކުޅުންތެރިން ލަނޑު ޖެހުމަށްފަހު - ފޮޓޯ-އެފްއޭއެމް
ލީގު މެޗެއްގައި ގްރީން ކުޅުންތެރިން ލަނޑު ޖެހުމަށްފަހު - ފޮޓޯ-އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
މައްސަލަ ދިމާވީ މާލީ ހާލަތުގެ ސަބަބުން، އެކަމަކު މިހާރު ކުޅުންތެރިންގެ ރޫހު ރަނގަޅު- ނިޝްތާރު
 
އަދިވެސް އަމާޒަކީ ގަދަ ހަތަރެއް

ލީގުގައި ކަނޑައެޅި އަމާޒަށްދާން ގްރީން ސްޓްރީޓްސްއަށް މައްސަލަ ދިމާވީ މާލީ ހާލަތުގެ ސަބަބުންކަމަށް ކޯޗު އަލީ ނިޝްތާރު ބުނެފިއެވެ.

ދެވަނަ ބުރު ނިމި ތިންވަނަ ބުރު ފަށާއިރު 17 ޕޮއިންޓާއެކު ހަވަނާގައި އޮތް ޓީމްގެ ކޯޗު ބުނީ ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ ސަބަބުން ސީނިއަރ މުހިއްމު ބައެއް ކުޅުންތެރިން ބައެއް މެޗުތައްވެސް ކަޓުވާފައިވާކަމަށެވެ. އޭގެ ސަބަބުން ނަތީޖާ ނެރެން އުނދަގޫވިކަން ފާހަގަކޮށް ނިޝްތާރު ބުނީ އެކަމަށް މިހާރު ކޮންމެސްވަރެއްގެ ހައްލެއް ލިބިފައިވާކަމަށެވެ. އޭނާ ބުނީ މުސާރައިގެ މައްސަލައަކީ ހަމައެކަނި ގްރީންއަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫންކަން މިހާރު ކުޅުންތެރިންނަށް އެނގޭކަމަށާއި, ކުޅުންތެރިންގެ ރޫހު މިހާރު އަނެއްކާވެސް ރަނގަޅު ކަމަށެވެ.

އަދިވެސް އަމާޒަކީ ގަދަ ހަތަރެއްގެ ތެރެއިން ޖާގަ ހޯދުންކަމަށާއި, ޓީމެއްގެ ގޮތުގައި އަދިވެސް އެކަން ވެދާނެކަމަށް ޕްރެޒިޑެންޓްކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ޓީމްގެ ކޯޗު ބުންޏެވެ. ޓްރާންސްފަރގައި ޓީމް ދޫކޮށްދިޔަ ކުޅުންތެރިން ނެތްތަންވެސް ފޫބެއްދޭކަން ނިޝްތާރު ފާހަގަކުރިއެވެ.

ތޮއްޕެ (އަލީ ޝާމިސް)ގެ ބަދަލުގަ ފަރުއްކޮ (ފަރުހާން) ހަމަ ވަރަށް ރަނގަޅަށް ކުޅެމުން އެދަނީ. އެންޚެލް މުނޯޒްގެ ބަދަލުގަ ދެން އައި ބޭރު ކުޅުންތެރިޔާވެސް ރަނގަޅު. ބަދަލުގަ އަރާ ކުޅުންތެރިން އެބަ ފޫބައްދާ.
އަލީ ނިޝްތާރު/ ގްރީން ސްޓްރީޓްސްގެ ކޯޗު

ޕްރެޒިޑެންޓްކަޕަށްފަހު ޓީމްގެ އެންމެ މުހިއްމު ފޯވާޑް އަބުދުالله ޔާމީން (ޔާނު) ވެލެންސިޔާއަށް ބަދަލުވިއެވެ. އަދި ޓްރާންސްފަރގައި ޑިފެންޑަރ އަލީ ޝާމިސް (ތޮއްޕެ) ވެލެންސިޔާއަށް ބަދަލުވިއެވެ. އެންޚެލް މުނޯޒް ބަދަލުވީ އީގަލްސްއަށެވެ. ދެބުރުން ގްރީންއަށް ލިބުނީ 17 ޕޮއިންޓެވެ. ފަސްވަނާގައި ޓީސީވެސް އޮތީ 17 ޕޮއިންޓާއެކުއެވެ. ތިންވަނަ ބުރުގައި ގްރީންގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ވާދަކުރާނީ މާޒިޔާއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް