ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 16:00
ފުރަތަމަ ދެ ބުރު ނިމުނުއިރު އެއްވަނާގައި އޮތީ ޗެމްޕިއަން މާޒިޔާ: ފޮޓޯ-މާޒިޔާ
ފުރަތަމަ ދެ ބުރު ނިމުނުއިރު އެއްވަނާގައި އޮތީ ޗެމްޕިއަން މާޒިޔާ: ފޮޓޯ-މާޒިޔާ
ދިވެހި ޕްރިމިއަރ ލީގު
ލީގުގެ ފަހު ބުރު ހުކުރު ދުވަހު ފަށަނީ
 
ލީގު ނިމޭނީ އޮގަސްޓު ފުރަތަމަ ދުވަހު

ދިވެހި ޕްރިމިއަރ ލީގުގެ ފަހު ބުރު ހުކުރު ދުވަހު ފަށަން ނިންމައިފިއެވެ. ތިންވަނަ ބުރުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީއާއި ޓީސީ ސްޕޯރޓްސް ކްލަބެވެ.

ހުކުރު ދުވަހުގެ ރޭ ކުޅޭ ތިންވަނަ ބުރުގެ ދެވަނަ މެޗުގައި ވާދަކުރާނީ ކްލަބް އީގަލްސްއާއި ދަ ގްރާންޑޭއެވެ. ޗެމްޕިއަން މާޒިޔާ ތިންވަނަ ބުރުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ވާދަކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާއެވެ. ހޮނިހިރު ދުވަހުގެރޭ ވާދަކުރާނީ ކްލަބް ވެލެންސިޔާއާއި ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް)އެވެ. ލީގު ނިމޭނީ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުއެވެ.

ފުރަތަމަ ދެ ބުރު ނިމުނުއިރު އެއްވަނާގައި އޮތީ 39 ޕޮއިންޓާއެކު، މާޒިޔާއެވެ. ދެވަނާގައި އީގަލްސް އޮތީ 34 ޕޮއިންޓާއެކުއެވެ. ތިންވަނާގައި އޮތީ 20 ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓްރީއެވެ. ވެލެންސިޔާ ހަތަރުވަނާގައި އޮތީ 19 ޕޮއިންޓާއެކުއެވެ. ފަސްވަނާގައި އޮތް ޓީސީއާއި ހަވަނާގައި އޮތް ގްރީން ސްޓްރީޓްސްއަށްވެސް ލިބިފައިވަނީ 17 ޕޮއިންޓެވެ. 14 ޕޮއިންޓާއެކު ހަތްވަނާގައި އޮތީ ސަސްއެވެ. ފުލުގައި ދަ ގްރާންޑޭ އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް