ކ. މާލެ
|
27 ޖޫން 2022 | ހޯމަ 19:40
ފުރަތަމަ ބުރުގެ މެޗްގައި އަންމަޑޭގެ ލަނޑަކަށްފަހު އީގަލްސް ކުޅުންތެރިން: ފޮޓޯ-އެފްއޭއެމް
ފުރަތަމަ ބުރުގެ މެޗްގައި އަންމަޑޭގެ ލަނޑަކަށްފަހު އީގަލްސް ކުޅުންތެރިން: ފޮޓޯ-އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
ދަ ގްރާންޑޭ ބަލިކޮށް، އީގަލްސްއިން ފަރަޤު ފަސް ޕޮއިންޓްގައި ހިފަހައްޓައިފި
އީގަލްސްއާއި މާޒިޔާގެ ފަރަޤަކީ 5 ޕޮއިންޓް

ފުލުގައި އޮތް ދަ ގްރާންޑޭ ބަލިކޮށް, އީގަލްސްއިން އެއްވަނައިގައި އޮތް މާޒިޔާއާއި ދެމެދު އޮތް ފަރަޤު ފަސް ޕޮއިންޓްގައި ހިފަހައްޓައިފިއެވެ.

މެޗުން މޮޅުވެ އީގަލްސް ދެވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި މާޒިޔާ އޮތީ 39 ޕޮއިންޓާއިއެކުއެވެ. ދެވަނަ ބުރު ނިމުނުއިރު ދެޓީމްގެ ފަރަޤަކީ 5 ޕޮއިންޓެވެ. ދަ ގްރާންޑޭގެ މައްޗަށް އީގަލްސް ކުރި ހޯދީ 2-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ އީގަލްސްއަށް ކުރިހޯދައިދިނީ އަހުމަދު ހަސަން (އައްމަޑޭ) އެވެ. އެކަމަކު ދެވަނަ ހާފްގެ ކުރީކޮޅު އަބުދުالله ޖުނެއިދު ލަނޑެއް ޖަހާ ދަ ގްރާންޑޭއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ޖުނެއިދުއަކީ އެންމެ ފަހުން ޓްރާފްސަރގައި މާޒިޔާއިން ދަ ގްރާންޑޭއާ ގުޅުނު ކުޅުންތެރިއެކެވެ. އީގަލްސް މެޗުން މޮޅުވި ލަނޑަކީ ދަ ގްރާންޑޭގެ ޑިފެންޑަރ އިވާން ސައިސޭޑޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ލީގުގެ ދެވަނަ ބުރުގެ ފަހު މެޗުގައި އަންގާރަ ދުވަހުގެރޭ ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީއާއި ވެލެންސިޔާއެވެ. މެޗުން މޮޅުނުވެއްޖެނަމަ ވެލެންސިޔާ ދެވަނަ ބުރު ނިންމާލަން ޖެހޭނީ ހަ ވަނައިގައެވެ.

- ކޮމެންޓް