ކ. މާލެ
|
27 ޖޫން 2022 | ހޯމަ 09:38
ސިޓީގެ ކޯޗު ނަލަ
ސިޓީގެ ކޯޗު ނަލަ
ރާއްޖެ އެމްވީ
ޤައުމީ ވޮލީބޯޅަ ލީގު
ވަރުގަދަ ބޭރު ކުޅުންތެރިން ތިބޭއިރު، މޮޅުވާނީ ޑިފެންސް ކުރާ ޓީމެއް: ނަލަ
 
މުޅި ސިޓީ އޮތީ ޓީމެއްގެ ގޮތުގައި

ބޭރުގެ ވަރުގަދަ ބިދޭސި ކުޅުންތެރިން ހިމެނޭ ގޮތަށް ކުޅޭ މުބާރާތެއްގައި މޮޅުވާނީ ޑިފެންސް ކުރާ ޓީމެއް ކަމަށް ސްޕޯޓްސް ކުލަބް ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ)ބުނެފިއެވެ.

ޤައުމީ ވޮލީ ބޯޅަ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އޭގެ ކުރިން ލީގުގެ ފުރަތަމަ މެޗުގައި ގުޑީސް ސްޕޯޓްސް ކުލަބުގެ މައްޗަށް ވެސް ސިޓީން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނަލަ ބުނީ ކުރިން ވެސް ފާހަގަ ކުރި ގޮތަށް މުޅި ސިޓީ އޮތީ ޓީމެއްގެ ގޮތުގައި ކަމަށެވެ. ޓީމުގައި އޮންނަ ވަރުގަދަ ކިކެއްގައި ކުޅެމުންދާކަން ފާހަގަކޮށް ނަލަ ބުނީ، އެހެންވެ ވަރަށް ފަސޭހައިން މޮޅުވާ ކަމަށެވެ. މީގެ އިތުރުން ނަލަ ބުނީ ކުރިއަށް އޮތް މެޗުތަކަށް ވެސް ސިޓީ ނިކުންނާނީ ރަނގަޅަށް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ނަލަ ބުނީ އެ މެޗުގައި ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)ގެ ކުޅުން ފާހަގަ ކުރެވުނު ކަމަށެވެ.

އަޅުގަނޑަށް ވެސް މިރޭ ހަމަ ވަރަށް ބޮޑަށް ފާހަގަކުރެވުނު ހުޒާމުގެ ކުޅުން. ވަރަށް ޑިފެންސް ކުރި. އަސްލު މިހާ ވަރުގަދަ ބޭރު ކުޅުންތެރިން ތަކެއް ތިބޭއިރު ޑިފެންސް ކުރާ ޓީމެއްހެން އަޅުގަނޑަށް ފެންނަ ގޮތުގައި ހީވަނީ މޮޅުވާނީ. މިރޭ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޑިފެންސްކުރެވުނު، ދެން ކޮމްބިނޭޝަން އޭ ބުނީމާ، އަޅުގަނޑުމެންގެ ބިދޭސީ ކުޅުންތެރިންނާ ދިވެހި ކުޅުންތެރިން ވަރަށް ބޮޑަށް އެއް ޓީމެއްގެ ގޮތުގައި މިއުޅެނީ.
ހުސެއިން ޝަރީފް (ނަލަ) / ސްޕޯޓްސް ކުލަބް ސިޓީގެ ކޯޗު

މީގެ އިތުރުން ނަލަ ބުނީ ޕޮލިސް ޓީމަކީ ބަލި ޓީމެއް ނޫން ކަމަށާއި، އެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށެވެ. އެޓީމުގައި ހިމެނޭ ދިވެހި ކުޅުންތެރިންނާ ބިދޭސީ ކުޅުންތެރިންނަކީ ވެސް ވަރުގަދަ ކުޅުންތެރިންކަން ފާހަގަކޮށް ނަލަ ބުނީ، ސިޓީން ޓީމު ރާވަނީ އެ ޓީމަށް ބަލައިގެން ކަމަށެވެ. ނަލަ ބުނީ މެޗުގައި ފެނުނީ ކުޅުންތެރިންގެ ހިތްވަރާއި މަސައްކަތް ކަމަށެވެ.

ލީގުގައި ސިޓީގެ މެޗެއް ދެން އޮންނާނީ އަންގާރަ ދުވަހުގެ ހަވީރުއެވެ. އެ މެޗުގައި ސިޓީ ނިކުންނާނީ އޮފު އެފްސީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް