ވާދަވެރި ކުޅުމަކަށްފަހު ދިވެހި ސިފައިންގެ ކްލަބް, ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޤައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަން ސިފައިން ގައުމީ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ސެމީފައިނަލްގައި ލީގުގެ ދެވަނަ ސިޓީ ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ. ވާދަވެރި ސެމީފައިނަލް މެޗު ސިފައިން ކާމިޔާބުކުރީ ފަސް ސެޓަށް ގޮސްގެންނެވެ. ފުރަތަމަ ސެޓް ސިފައިން ގެންދިޔައީ 26-24 ނެވެ. އެކަމަކު ދެވަނަ ސެޓް 25-21 ން ސިޓީން ކާމިޔާބުކުރިއެވެ. އަދި ތިންވަނަ ސެޓް 28-26 ން ކާމިޔާބުކޮށް ބޮޑު އުއްމީދެއް ހޯދިއެވެ. އެކަމަކު ޖެހިގެން އައި ސެޓް 25-19 ން ސިފައިން ކާމިޔާބުކުރުމުން ފަހު ސެޓަށް ދާން ޖެހުނެވެ. ވަރަށްބޮޑަށް ވާދަވެރިކޮށް ދިޔަ ފަހު ސެޓް ސިފައިން ގެންދިޔައީ 20-18 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ މުބައްޝަރު ރަޒާ އެވެ.
މެޗުން މޮޅުވެ ސިފައިން ފައިނަލުން ޖާގަ ހޯދިޔަސް, ސިޓީއަށް އަދި ފައިނަލްގެ ފުރުޞަތު އެބައޮތެވެ. އެއީ ތިންވަނަ ސެމީފައިނަލްގައި ކްލަބް އާބަންކޯ ބަލިކޮށްގެންނެވެ. ތިންވަނަ ސެމީފައިނަލް ކުޅޭނީ މިރެއެވެ. ފައިނަލް މެޗު ކުޅޭނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.