ޤައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފިއެވެ.
ސިފައިން ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ހުކުރު ދުވަހުގެރޭ ޕޮލިސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓްތައް ސިފައިން ގެންދިޔައީ ފަސޭހަކަމާއެކުއެވެ. އެއީ 25-10, 25-19 އަދި 25-15 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ހަމަދު މުހައްމަދެވެ. ލީގުގެ ބެސްޓް ސެޓަރަކީ ސިފައިންގެ ހުސައިން ޝާހިދު އެވެ. ބެސްޓް މިޑްލް ބްލޮކަރ އަކީ ވެމްކޯގެ ހުސައިން ޔޫސުފް އެވެ. ސެކަންޑް ބެސްޓް މިޑްލް ބޮލްކަރ އަކީ ސިފައިންގެ ކްލަބްގެ އިބްރާހީމް ފަޒީލް އެވެ. ބެސްޓް އައުޓްސައިޑް އެޓޭކަރަކީ އާބަންކޯގެ އިސްމާއީލް ސާޖިދު އެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ވެމްކޯގެ އަލީ ހުޒާމެވެ. ބެސްޓް އޮޕޮސިޓް ކުޅުންތެރިއަކީ ސިފައިންގެ އަހުމަދު އަބުދުލްކަރީމް (ލޯންގޭ) އެވެ. ލީގުގެ އެންމެ މޮޅު ލިބަރޯއަކީ ވެމްކޯގެ އަހުމަދު ނަބީލް އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ސްޕޯރޓްސް ކްލަބް ސިޓީގެ އަހުމަދު އިޝާން އެވެ. ލީގުގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ސިފައިންގެ މުބައްޝަރު ރަޒާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ އާދަމް ނަސީމް (އެޑަމް) އެވެ. އެންމެ މޮޅު ކޯޗަކީ ސިފައިންގެ ކޯޗު އަބުދުالله ޖުނެއިދު އެވެ.
ޤައުމީ ލީގުގެ ދެވަނަ ހޯދީ ސިޓީ ސްޕޯރޓްސް ކްލަބެވެ. ސިޓީ ސްޕޯރޓްސް ކްލަބުން ވަނީ ހުކުރު ދުވަހު ހަވީރު ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުން ކްލަބް ވެމްކޯ ބަލިކޮށްފައެވެ. ސިޓީން ސެޓްތައް ގެންދިޔައީ 25-21, 24-26, 22-24, 25-21 އަދި 15-13 ނެވެ. ހަ ޓީމް ވާދަކުރި ލީގުގެ ފުލަށް ދިޔައީ ޕޮލިސް ކްލަބެވެ.