ކ. މާލެ
|
26 ޖޫން 2022 | އާދީއްތަ 08:17
ޤައުމީ ވޮލީ ލީގުގެ ތެރެއިން
ޤައުމީ ވޮލީ ލީގުގެ ތެރެއިން
އަދަދު
ޤައުމީ ވޮލީ ލީގު
ވެމްކޯއާއި ސިޓީން ލީގު ފެށީ މޮޅަކުން
ދެވަނަ މެޗުގައި ސްޕޯޓްސް ކުލަބް ސިޓީން ވަނީ ގުޑީސް ސްޕޯޓްސް ކުލަބް ބަލިކޮށްފައި
ފުރަތަމަ މެޗުގައި ވެމްކޯ ވަނީ އޮފު އެފްސީ ބަލިކޮށްފައި

ޤައުމީ ވޮލީ ބޯޅަ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ކުލަބް ވެމްކޯ އަދި ސްޕޯޓްސް ކުލަބް ސިޓީ މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ކުލަބް ވެމްކޯއިން ނިކުތީ އޮފު އެފްސީއާ ދެކޮޅަށެވެ. މެޗުގެ ފުރަތަމަ ސެޓު އޮފު އެފްސީން ކާމިޔާބުކޮށްފައި ވަނިކޮށް، ވެމްކޯއިން ވަނީ ފަހަތުން އަރައި ތިން ސެޓު ހޯދައި މެޗުން މޮޅުވެފައެވެ. މެޗުގެ ފުރަތަމަ ސެޓު އޮފު އެފްސީން ކާމިޔާބުކުރީ 25-22 ންނެވެ. ވެމްކޯއިން ޖެހިގެން އައި ތިން ސެޓު ކާމިޔާބުކުރީ 25-21، 25-21 އަދި 25-20 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އެވެ.

ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ސްޕޯޓްސް ކުލަބް ސިޓީ ނިކުތީ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި ދެ ޓީމުގެ ނިމުނު އެސޯސިއޭޝަން ކަޕްގައި ބައްދަލުކުރިއިރު، މެޗު ވެސް ކާމިޔާބުކުރީ ސިޓީއެވެ. ލީގުގެ މެޗު ސިޓީން ކާމިޔާބުކުރީ މުޅިން ލީޑުގައި އޮވެ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ސިޓީން ކާމިޔާބުކުރީ 25-16، 25-21 އަދި 25-11 ންނެވެ. މެޗުހެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ހަރްދީޕް ސިންގްއެވެ.

ލީގުގައި މިއަދު ހަވީރު އޮންނަ މެޗުގައި ކުލަބް ވެމްކޯ ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. އަދި މިރޭގެ މެޗުގައި ސްޕޯޓްސް ކުލަބް ސިޓީ ނިކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ.

- ކޮމެންޓް