ކ. މާލެ
|
26 ޖޫން 2022 | އާދީއްތަ 13:12
ރިލްވާނުގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރުކުރި އަހުމަދު މުއާޒު
ރިލްވާނުގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރުކުރި އަހުމަދު މުއާޒު
ޕޮލިސް
ރިލްވާނުގެ މަރުގެ މައްސަލަ
ރިލްވާނާއި ޔާމީނުގެ މަރާ ގުޅުވައި އަހުމަދު މުއާޒު (ގަޓު މުއާ) ވެސް ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވަނީ އަހުމަދު މުއާޒް (ގަޓު މުއާ)
އޭނާއަކީ ވައްކަމާއި އެނޫންވެސް ޖިނާއީ ކުށްތަކުގެ ރެކޯޑު އޮންނަ މީހެއް
އޭނާއަކީވެސް ރިލްވާނުގެ މަރާއި ގުޅުންހުރި ފަރާތެއްކަމަށް ފުލުހުން ތުހުމަތު ކުރޭ

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އާއި ޔާމީން ރަޝީދުގެ މައްސަލައިގައި ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ އަހުމަދު މުއާޒް (ގަޓު މުއާ) ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ އިތުރުން އިސްމާއިލް އަބްދުލްރަހީމް (އިސޫ) އާއި، އަހުމަދު އިސްމާއިލް (އަހަނދު) ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނާ ގޮތުގައި އެ 3 މީހުން ހައްޔަރު ކޮށްފައިވަނީ ރިލްވާނާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި، އެކަމަށް މަގުފަހި ކުރުވުމަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ.

އޭނާއަކީ ވައްކަމާއި އެނޫންވެސް ޖިނާއީ ކުށްތަކުގެ ރެކޯޑު އޮންނަ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިސާލެއްގެ ގޮތުން މާފަންނު ގެއެއްގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާއާއި ގަހަނާ ވަގަށް ނެގި މައްސަލައެއްގައި ފުލުހުންގެ ތުހުމަތަށް އޭނާ އޭރު ހައްޔަރުވެސް ކުރިއެވެ. އެއީ 2011 ވަނަ އަހަރެވެ.

އޭނާއަކީވެސް ރިލްވާނުގެ މަރާއި ގުޅުންހުރި ފަރާތެއްކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

ރިލްވާން ގެއްލުވާލިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް މަރު ކޮމިޝަން އިން ވަނީ ރިލްވާން މަރާލާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އެ ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ މަރާލާ ކަނޑަށް އެއްލާލީ ކަމަށް ބުނެފައިވެއެވެ. އަދި އެ ހުރިހާ ކަމެއް ވެސް ކޮމިޝަން އިން ގުޅުވާފައިވަނީ ހަރުކަށި ފިކުރާއެވެ. ކޮމިޝަންއިން ބުނިގޮތުގައި އޭނާ ރަހީނުކުރީ ހަރުކަށި ފިކުރުގެ ބައެކެވެ. އަދި އޭނާ މަރާލުމުގެ ކުރިން ޝަހާދަތް ވެސް ލައިދީފައިވެއެވެ،

- ކޮމެންޓް