ކ. މާލެ
|
22 ޖޫން 2022 | ބުދަ 16:28
ވެމްކޯގެ ކޯޗު
ވެމްކޯގެ ކޯޗު
ރާއްޖެ އެމްވީ
އެސޯސިއޭޝަން ކަޕް 2022
ކުޅިވަރުގައި ބައްޔަކީ ފެށުމެއް: ބޮޑޭ
ފައިނަލްގައި ވެމްކޯ ނިކުންނާނީ ސްޕޯޓްސް ކުލަބް ސިޓީއާ ދެކޮޅަށް

ކުޅިވަރުގައި ބައްޔަކީ ފެށުމެއް ކަމަށް ކުލަބް ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ)ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ ދިވެހި ސިފައިންގެ ކުލަބް ސީދާ ތިން ސެޓުން ބަލިކޮށް، މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށްފަހު ބޮޑޭ ބުނީ, މުބާރާތުގެ ލީގު ބުރުގައި ސިފައިން އަތުން ބަލިވުމަކީ ފެށުމެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ކުޅިވަރުގައި ބައްޔަކީ ފެށުމެއް ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި މުބާރާތުގެ ފައިނަލުން ޖާގަ ލިބުނީ ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރާއި، ވެމްކޯގެ މެނޭޖުމަންޓާއި ސަޕޯޓަރުންގެ ހިތްވަރުން ކަމަށް ބޮޑޭ ބުންޏެވެ. އަދި ލީގު ބުރުގައި ސިފައިންގެ އަތުން ބަލިވުމުން، ދެން ކުޅުނު ދެ މެޗު ވެސް ކުޅުނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށްވެސް ނިޒާރު ބުންޏެވެ.

މީގެ އިތުރުން ބޮޑޭ ބުނީ ވެމްކޯ ޓީމުގެ ޓީމްވޯރކާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ.

މިހާރު މި މެޗުގަ އަސްލު ވެމްކޯ ޓީމުގެ ޓީމްވޯރކް ވަރަށް ރަނގަޅު. ވަރަށް ހިތްހަމަ ޖެހޭ ޓީމްވޯރކާ ދޭތެރޭ. އަދި ޓީމު ކޯޗުންނަށް ކުރާ އިތުބާރާ، ކޯޗުންނަށް ކުރާ އިތުބާރާ، ހުރިހާ ކަމެއް ގުޅިގެން ޓީމު ތެރެއިން ފެނިގެން އެ ދަނީ. ދެން ޚާއްސަކޮށް މި މެޗަށް އައިއިރު ޓީމު އިންޖަރީތަކުން ވަރަށް ބޮޑަށް ރަނގަޅުވެ، ރަނގަޅު ފޯމެއްގަ އޮތީ އަސްލު.
އިބްރާހިމް ނިޒާރު (ބޮޑޭ) / ވެމްކޯގެ ކޯޗު

އިތުރަށް ވާހަކަ ދައްކަމުން ބޮޑޭ ބުނީ ވެމްކޯ ޓީމުގައި ތިބި ބިދޭސީ ދެ ކުޅުންތެރިންނަކީ ވަރަށް ރަނގަޅު ދެ ކުޅުންތެރިން ކަމަށެވެ. އަދި އެ ދެ ކުޅުންތެރިންގެ ސަޕޯޓު ޓީމުގެ ދިވެހި ކުޅުންތެރިންނަށް އަބަދުވެސް ލިބޭކަމަށް ބޮޑޭ ބުންޏެވެ. މުބާރާތުގެ މިހާ ހިސާބަށް އައީ ބިދޭސީ އެއްކުޅުންތެރިޔަކު ނުލައިކަން ފާހަގަކޮށް ބޮޑޭ ބުނީ، ފައިނަލަށް ނުކުންނާނީ ވެސް އޭނާ ނެތްކަން އެނގިގެން ކަމަށެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި ސްޕޯޓްސް ކުލަބް ސިޓީއާ ގުޅޭގޮތުން ސުވާލުކުރުމުން ބޮޑޭ ބުނީ ސިޓީއަކީ ވަރަށް މޮޅު ޓީމެއް ކަމަށެވެ. އަދި މުބާރާތުގައި ދަށް ޓީމެކޭ ބުނެވޭވަރުގެ އެއްވެސް ޓީމެއް ނެތްކަމަށެވެ. އަދި މޮޅުވާން ޖެހޭނީ ކުޅެގެންކަމަށެވެ.

- ކޮމެންޓް