Advertisement
ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 13:33
ޔޯގާ އިވެންޓަށް ވަތް މީހުން ބޭނުންކުރި ދިދައާއި ސައުންޑް ޕީޕީއެމް އޮފީހުން ފަތިސްގަޑީގައި ނެރެނީ
ޔޯގާ އިވެންޓަށް ވަތް މީހުން ބޭނުންކުރި ދިދައާއި ސައުންޑް ޕީޕީއެމް އޮފީހުން ފަތިސްގަޑީގައި ނެރެނީ
އެމްވީކްރައިސިސް
ޔޯގާ ޙަރަކާތުގެ ހަމަނުޖެހުން
ޔޯގާ ޙަރަކާތުގެ ހަމަނުޖެހުން އެމްޑީޕީން ކުށްވެރިކޮށްފި
މިކަމަށް ޒިންމާވާ ފަރާތްތަކާ މެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމްޑީޕީން ވަނީ ގޮވާލާފައި
ޑިމޮކްރެޓިކް މުޖުތަމަޢެއްގައި މިކަންކަމަށް އެއްވެސް ޖާގައެއް އޮތް ކަމެއް ކަމަކަށް އެމްޑީޕީން ނުދެކޭ
މައްސަލައިގެ ސީރިއަސް ތަޙުޤީޤެއް ފެށުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް މަރުޙަބާ ކިޔާ

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީން ބުނީ، އެ ހަރަކާތަށް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި ޢަމަލު، ދިވެހި ރައްޔިތުންގެ ޕާޓީ (އެމް.ޑީ.ޕީ.) އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަނިޔާވެރި ކަމަކީ ރާއްޖެފަދަ ޞުލްޙަވެރި އަދި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެއްވެސް ޖާގައެއް އޮތް ކަމެއް ކަމަކަށް އެމްޑީޕީން ނުދެކޭކަންވެސް ވަނީ ބަޔާންކޮށްފައެވެ.

Advertisement

އޭގެ އިތުުރުން، މި މައްސަލައިގެ ސީރިއަސް ތަޙުޤީޤެއް ފެށުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް މަރުޙަބާ ކިޔައި، މިހާތަނަށް ހައްޔަރުކުރެވުނު މީހުން ވެސް ހިމެނޭގޮތަށް، މިކަމަށް ޒިންމާވާ ފަރާތްތަކާ މެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

2015 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޔޯގާ ދުވަސް މި ޤައުމުގައި ފާހަގަކުރަމުން އަންނަކަންވެސް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް