ކ. މާލެ
|
20 ޖޫން 2022 | ހޯމަ 06:51
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް
ރައީސް އޮފީސް
ސްޓެލްކޯގެ ފްލެޓުތައް
ސްޓެލްކޯ ފްލެޓުތަކުން ކުލި ނަގަން ފަށާނީ އަންނަ އަހަރު: ޝަރީފު
ސްޓެލްކޯ ފްލެޓްތަކަށް ޖުލައި މަހުގެ ފަހު ހަފްތާގައި މުވައްޒަފުންނަށް ވަދެވޭނެ ކަމަށް ވިދާޅުވި
6 މަހުގެ ގްރޭސް ޕީރިއަޑް އެއް ދެނީ މުވައްޒަފުންނަށް ލުއި ކޮށްދިނުމަށް ކަމަށް ވިދާޅުވި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އަޅާފައިވާ ފްލެޓުތަކުގެ ކުލި ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ އެ ކުންފުނީގެ ފްލެޓުތަކުގެ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށާއި ތަވާލާ އެއްގޮތަށް ނިމިއްޖެ ނަމަ އަންނަ ޖުލައި މަހުގެ ފަހު ހަފްތާގައި ސްޓާފުންނަށް ފްލެޓުތަކަށް ވަދެވޭނެ ކަމަށެވެ. އަދި ސްޓާފުންނަށް ލުއިގޮތްތަކެއް ހޯދައިދޭން ބޯޑުގައި މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި އެގޮތުން، ކުލި ދެއްކުމުގައި ލުއި ދިނުމުގެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ އިންފެށިގެން ކުލި ނަގާގޮތަށް ގްރޭސް ޕީރިއަޑެއް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ކުލި ނަގަން ފަށާ ތާރީހު ލަސް ކުރީ ބައެއް މުވައްޒަފުންނަށް އަދިވެސް ޑައުންޕޭމަންޓް ނުދެއްކޭތީ ކަމަށެވެ.

މެނޭޖްމަންޓުން ސްޓާފުންނަށް ލުއި ހޯދައިދިނުމަށް ތިބޭފުޅުންނަށް ފްލެޓުތަކަށް ވަނުމަށް އަޅުގަނޑުމެން ގްރޭސްޕީރިއަޑެއް އެބަދެން. އޭގެ މާނައަކީ އަޅުގަނޑުމެން ކުލި ނަގަން ފަށާނީ ޖެނިއަރީ 1 އިން ފެށިގެންނޭ. ސަބަބަކީ އަޅުގަނޑުމެންނަށް އެނގޭ ބައެއް މުވައްޒަފުން މިހާރުވެސް 20 ޕަސެންޓް ދެއްކުމަށް މުސާރައިން އުނި ކުރަމުން އެބަދޭ. އަނެއްކާ ކުލި ދައްކާނަމަ އިތުރު ޗާޖެއް ވެގެންދާނެ،
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު

ސްޓެލްކޯގެ އެންމެ ބޮޑު ރައުސްމާލަކީ އެ ކުންފުނީގެ މުވައްޒަފުންކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ އެ މުވައްޒަފުންނަށް ރަނގަޅު ގޮތް ހޯދައިދޭން އާ މެނޭޖްމަންޓުން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން، މިހާތަނަށް ވަޒީފާގެ ކުރިއެރުން ނުލުބި ތިބި 420 މުވައްޒަފުންނަށް މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ވަޒީފާގެ ކުރިއެރުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރޮމޯޝަނަލް ޕޮލިސީ ރިވައިސްކޮށް، ވަޒިފާ އަދާ ކުރާ މީހުންގެ ހައްގެއްގެ ގޮތުގައި ޕްރޮމޯޝަން ނުވަތަ ވަޒީފާގެ ކުރިއެރުން ތައް ކަނޑައަޅުއްވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

- ކޮމެންޓް