ކ. މާލެ
|
19 ޖޫން 2022 | އާދީއްތަ 07:58
އިބްރާހިމް ނިޒާރު (ބޮޑޭ)
އިބްރާހިމް ނިޒާރު (ބޮޑޭ)
ރާއްޖެ އެމްވީ
އެސޯސިއޭޝަން ކަޕް 2022
މިލިބުނީ ފައިނަލަށް ދިޔުމަށް ވަރަށް ބޮޑު މޮޅެއް: ނިޒާރު
 
ސެމީގެ ޖާގައެއް ކަށަވަރުކުރީ، ތިން ސެޓު އެއް ސެޓުން ޕޮލިސް ބަލިކޮށްގެން

އެސޯސިއޭޝަން ކަޕްގައި ޕޮލިސް ކުލަބް ބަލިކޮށް ސެމީ ފައިނަލުން ޖާގަ ލިބުމަކީ, ފައިނަލަށް ދިޔުމަށް ލިބުނު މޮޅެއްކަމަށް ކުލަބް ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ބުނެފިއެވެ.

މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ފަހަތުން އަރައި ޕޮލިސް ބަލިކޮށް ވެމްކޯއިން ވަނީ ސެމީގެ ޖާގައެއް ޔަގީންކޮށްފައެވެ. ވެމްކޯއާއެކު ސެމީގައި ދެން ކުޅޭނެ ޓީމެއް ކަށަވަރުވާނީ މިރޭ ދިވެހި ސިފައިންގެ ކުލަބާއި، ގުޑީސް ސްޕޯޓްސް ކުލަބް ބައްދަލުކުރާ މެޗަށްފަހުއެވެ. ސެމީގެ ދެ ވަނަ ޖާގައަށް ވާދަކުރަނީ ޕޮލިހާއި ސިފައިންނެވެ.

މެޗަށްފަހު ބޮޑޭ ބުނީ ވެމްކޯއަކީ މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައި އޮތް ޓީމެއް ކަމަށެވެ. އޭނާ ބުނީ ޕްރެލިމިނަރީ ބުރުން ފެށިގެން މިހާ ހިސާބަށް އައި އިރު ޓީމު ވަރުގަދަ ކުރަން ބައިވަރު ކަންކަން ކުރެވިއްޖެކަމަށެވެ. މީގެ އިތުރުން އެ ޓީމަށް ލިބުނު ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެކަކު އަނިޔާގައި ހުރުމަކީ ޓީމަށް ލިބުނު ފޫ ނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ބޮޑޭ ބުންޏެވެ. ނަމަވެސް ކުޅުންތެރިން ކުރާ މަސައްކަތާއި، މޮޅުވާން ބޭނުންވެފައި ތިބޭވަރުން ޓީމަށް ހިތްވަރު ލިބޭ ކަމަށް ބޮޑޭ ބުންޏެވެ.

ބޮޑޭ ބުނީ މެޗުގެ ފުރަތަމަ ކޮޅު ދަށްކޮށް ދިޔައީ، ކުޅުންތެރިން މޮޅުވުމަށް މާބޮޑަށް ހިފާލުމުން ޓީމު ޕްރެޝަރަށް ގޮސްގެންކަމަށެވެ.

އަސްލު މިރޭގެ މެޗުގައި އުނދަގޫވި ގޮތަކީ އަޅުގަނޑުމެން ޓީމުގެ ކުޅުންތެރިން ތަންކޮޅެއް، ބޮޑަށް މޮޅުވަން ހިފާލި ހިފާލުމުން ގޮސް، ތަންކޮޅެއް ބޮޑަށް ޕްރެޝަރއަށް ގެނުނީ އަސްލު. ޕޮލިހާ ދޭތެރޭ ވިސްނާފައި އިން މިންގަނޑާ އަޅުގަނޑުމެން ޓީމު ކުޅޭ ލެވަލާ ބަލާއިރުގައި، އަޅުގަނޑުމެންނަށް މިއަދު މޮޅުވަން ބޭނުންވިލެއް ބޮޑުކަމުން ގޮސް އަޅުގަނޑުމެންނަށް މި މެޗުގައި ތަންކޮޅެއް ޕްރެޝަރއަށް ނެގިފައި އޭނީ.
އިބްރާހިމް ނިޒާރު (ބޮޑޭ) / ވެމްކޯގެ ކޯޗު

މީގެ އިތުުރުން ބޮޑޭ ބުނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުބާރާތް ނުކުޅެވޭ ވަރުގެ އަނިޔާގެއްގައި ހުރުމާއި، އެ ޓީމުގެ ދިވެހި އެޓޭކަރު އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަނިޔާގައި ހުރެ ވެސް، އެ ޓީމުން މުބާރާތުގައި ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ. ބޮޑޭ ބުނީ އެ ކުޅުންތެރިން މިހާރު އަނިޔާއިން ރަނގަޅުވަމުން އަންނަކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް