ކ. މާލެ
|
18 ޖޫން 2022 | ހޮނިހިރު 18:24
އެސޯސިއޭޝަން ކަޕްގެ ތެރެއިން
އެސޯސިއޭޝަން ކަޕްގެ ތެރެއިން
އަދަދު
އެސޯސިއޭޝަން ކަޕް 2022
ފުރަތަމަ ފަހަރަށް ސިޓީ ފައިނަލަށް
ފައިނަލްގެ ޖާގަ ސިޓީން ކަށަވަރުކުރީ އޮފު އެފްސީ ބަލިކޮށްގެން

އެސޯސިއޭޝަން ކަޕް(ވޮލީ)ގެ ފިރިހެން ޑިވިޝަންގެ ފައިނަލްގެ ސީދާ ޖާގަ ސްޕޯޓްސް ކުލަބް ސިޓީން ހޯދައިފިއެވެ.

މިއީ އެސޯސިއޭޝަން ކަޕްގެ ފައިނަލްއަށް ސިޓީ ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސިޓީ ފައިނަލްގެ ޖާގަ ހޯދީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓު ހޯދައިގެންނެވެ.

ސިޓީން ފައިނަލްގެ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު މެޗުގައި އޮފު އެފްސީ ބަލިކޮށްގެންނެވެ. މުޅު މެޗުގައި ވެސް ސިޓީގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. އެ ޓީމުން މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-12، 25،13 އަދި 25،27 ންނެވެ. މެޗުގައި ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ވިނީތުއާއި ކެޕްޓަން އަލި ހުޒާމް (ހުޒަންޓެ)ގެ މޮޅު ކުޅުން ވަނީ ފެނިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ހުޒަންޓެއެވެ.

މެޗަށްފަހު ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ)ބުނީ މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ސިޓީގެ ތާރީހުގައި ވެސް މިއީ އެ ޓީމު ފައިނަލެއްގައި ކުޅޭނެ ފުރަތަމަ އަހަރުކަމަށެވެ. އެހެންކަމުން މިއީ ފާހަގަކުރާވަރުގެ ބޮޑު ކާމިޔާބެއްކަމަށެވެ. މީގެ އިތުރުން ނަލަ ބުނީ ސިޓީން ފައިނަލަށް ނިކުްނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށެވެ. އަދި މުޅި ޓީމުގެ އުންމީދަކީ ފައިނަލްގައި މޮޅު ކުޅުމެއް ދައްކައި ތަށި ކާމިޔާބުކުރުން ކަމަށް ނަލަ ބުންޏެވެ.

މުބާރާތުގެ ލީގު ބުުރުގެ އެއް ވަނަ ޓީމަށް ސީދާ ފައިނަލުން ޖާގަ ލިބޭއިރު، ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ޖެހޭނީ ސެމީ ފައިނަލްގައި ބައްދަލުކުރާށެވެ. ފައިނަލްގެ ދެ ވަނަ ޖާގަ ލިބޭނީ ސެމީން މޮޅުވާ ޓީމަކަށެވެ.

- ކޮމެންޓް