ކ. މާލެ
|
18 ޖޫން 2022 | ހޮނިހިރު 16:00
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ހޮޅުދޫއަށް ވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ހޮޅުދޫއަށް ވަޑައިގެންނެވުން
ރައީސް އޮފީސް
ރައީސް ހޮޅުދޫއަށް ވަޑައިގެންނެވުން
ރައީސް ފުނަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޮޅުދޫއަށް
މޭނާ ސްކޫލަށް 75 އަހަރުފުރުމުގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ
ރައީސް ވަނީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައި
މި ދަތުރުފުޅުގައި ހޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ށ. ފުނަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނ. ހޮޅުދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހޮޅުދޫއަށް ވަޑައިގެންފައިވަނީ އެރަށު މޭނާ ސްކޫލްއަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އެރަށުން ރައީސްއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މޭނާ ސްކޫލަށް 75 އަހަރު ފުރޭ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން އެރަށުގެ ކައުންސިލްއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގައި ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވެއެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ފުނަދޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަން އިއުލާނުކުރައްވާފައެވެ. އެރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށްވެސް ހައްލު ހޯދައިދެވުމުގެ މަސައްކަތްކުރައްވާނެ ކަމަށާއި، އެރަށު ހޮސްޕިޓަލަށް ބޭނުންވާ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފުނަދޫ ކައުންސިލްއާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަމާއި، ރަށަށް ދިމާވެފައިވާ މައްސަލަތައް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ. އަދި އެކަންކަމަށް ހައްލު ހޯދައިދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް