Advertisement
ކ. މާލެ
|
18 ޖޫން 2022 | ހޮނިހިރު 13:38
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ނައިބު އަހުމަދު އަދީބް
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ނައިބު އަހުމަދު އަދީބް
ރާއްޖެ އެމްވީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔާމީން ގިނަވަގުތު އިންނެވީ ޑިގު ކުޅުއްވަން، ގައުމު ހިންގެވީ އަދީބު: މުއާޒް
ބްރިޖްގެ މަސައްކަތް ނިންމާލިއިރު ބްރިޖްގެ އެއް ލޭނު މަދު
ބްރިޖްގެ ކުރެހުމަށް އަމަލީ ސިފަ އައިސް، ހަގީގަތަކަށްވެގެންދިޔައީ ޔާމީން ސަރުކާރުގައި
ޗައިނާ ސަރުކާރާއެކު ހުރިހާ މަޝްވަރާތަކެއް ކުރައްވާފައިވަނީ އަދީބު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގިނަވަގުތު އިންނެވީ ޑިގުކުޅުއްވަން ކަމަށާއި، ގައުމު ހިންގެވީ އޭރުގެ ނައިބުރައީސް އަހުމަދު އަދީބުކަމަށް ރައީސް ޔާމީނުގެ ތަރުޖަމާނު އިބްރާހީމް މުއާޒް ވިދާޅުވެއްޖެއެވެ.

މުއާޒް އެހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ގައުމު ހިންގެވީ އަދީބުކަން ފާހަގަ ކުރައްވައި މުއާޒް ވިދާޅުވީ، ރައީސް ޔާމީން ގިނަ ވަގުތު އިންނެވީ ޑިގުކުޅުއްވަން ކަމަށާއި، ޙަގީގަތަކީ އެއީ ކަމަށެވެ.

Advertisement

އެއާއެކު މުއާޒް ވަނީ ސިނަމާލޭ ބްރިޖްގެ މަސައްކަތް ނިންމާލިއިރު ބްރިޖްގެ އެއް ލޭނު މަދުކަމަށް ވިދާޅުވެ، ރައީސް ޔާމީނަށް ފާޑުވިދާޅުވެފައެވެ.

"ހިތާމަޔަކީ މިސާލަކަށް ބްރިޖްގެ ހުރިހާ ހޯމްވޯރކެއް ހަދައި ހަވާލުކުރީމަވެސް، އަގުން ބައިރުފިޔާވެސް މަދުނުވެ 3 ލޭނަށް ހޭދަވާ އަގުގައި ނިންމާލި ބްރިޖްގައި 1 ލޭން ނެތް! މޮޅު އިކޮނޮމިސްޓެކޭ ކިޔޭތޯ؟"މުއާޒް ވިދާޅުވިއެވެ.

ބްރިޖްގެ ފުރަތަމަ ކުރެހުން ދައްކާލިއިރު، ކޮންމެ ކޮޅަކުން ފެނުނު ހަތަރު ލޭނެއް، ބްރިޖް ހުޅުވިއިރު ފެންނަންނެތުމަކީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިކަމެކެވެ.

ބްރިޖް މަޝްރޫއުގެ ހުރިހާ ކްރެޑިޓެއް ހައްގީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ބުނެއެވެ. ސަބަބަކީ ބްރިޖްގެ ކުރެހުމަށް އަމަލީ ސިފަ އައިސް، ހަގީގަތަކަށް ވެގެން ދިޔައީ ޔާމީން ސަރުކާރުގައި ކަމަށްވުމެވެ.

އެހެންނަމަވެސް، ބްރިޖްގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސެވުމުގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ޗައިނާ ސަރުކާރާއެކު ހުރިހާ މަޝްވަރާތަކެއް ކުރައްވާފައިވަނީ އަދީބުކަމަށް، އޭރު ސަރުކާރުގައި އިސްކޮށް އުޅުއްވި ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

ބްރިޖްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދިޔައިރު ރައީސް އަބްދުﷲ ޔާމީން އުޅުއްވީ ޑޮލަރު ގުނުއްވުމުގައި ކަމަށާއި، މެނިފެސްޓޯގައި ބްރިޖްގެ ވައުދު ހިމެނުއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށް އަދީބު މީގެކުރިން ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ބްރިޖްގެ އަމަލީ މަސައްކަތް ފުރިހަމަކުރަން ފެށުމާ ހަމައަށްވެސް، ބްރިޖް އެޅިދާނެކަމަށް ރައީސް ޔާމީން ގަބޫލުފުޅުނުކުރައްވާ ކަމަށާއި، ބްރިޖްގެ ވިސްނުން ގާސިމް އިބްރާހީމް 2008ގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި ހުށަހެޅުއްވުމުން، އެއީ ނުވާނޭކަމެއްކަމަށް ވިދާޅުވެ، ރައީސް ޔާމީން އޭރުވެސް އެކަމަށް ހަޖޫޖައްސަވާފައިވާކަން އަދީބް ފާހަގަކުރައްވާފައިވެއެވެ.

ޗައިނާ ސަރުކާރާއެކު ބްރިޖްގެ މަޝްވަރާތައް ކުރަމުން ގެންދިޔައިރު، ދެ ފަހަރެއްގެ މަތީން ރައީސް ޔާމީން އެ މަޝްވަރާތައް ހުއްޓުވައި، ރައީސް ޔާމީން ބޭނުންފުޅުވާ، ވަރަށް އާދައިގެ ކުންފުންޏަކާ ޕްރޮޖެކްޓް ގަވާލުކުރުމަށް ނިންމާފައިވާކަމަށް އަދީބް ވިދާޅުވެއެވެ.

އެހެންނަމަވެސް ދޫ ނުދެއްވައި، ރައީސް ޔާމީނާ ޒުވާބުކުރައްވައި، ޕްރޮޖެކްޓްގެ ކަންކަން ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކު ކަނޑައެޅުން ޗައިނާ ސަރުކާރާ ހަވާލުކުރެއްވިކަމަށްވެސް އަދީބް ވިދާޅުވިއެވެ.

ބްރިޖް އަޅާފައިވަނީ 200 މިލިއަން ޑޮލަރު (3.084 ބިލިއަން ރުފިޔާ) ރުފިޔާ ހޭދަކޮށްގެންނެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ.

މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. އެހެންކަމުން މުޅި ބަޖެޓުގެ އަގުގެ ގޮތުގައި ދިވެހިންގެ ބޮލުގައި ދައުލަތުގެ ބަޖެޓުން 185.04 މިލިއަން ރުފިޔާއާއި، ދަރަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ އެޅިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
19 ޖޫން 2022 | އާދީއްތަ 14:40
ރަހާ
މިއަދުތިވާހަކަދެއްކިއަސް ގަބޫލެއްނުކުރެވޭނެ