ކ. މާލެ
|
18 ޖޫން 2022 | ހޮނިހިރު 09:47
ސިޓީގެ ކޯޗު ނަލައާއި ކެޕްޓަން ހުޒާމް
ސިޓީގެ ކޯޗު ނަލައާއި ކެޕްޓަން ހުޒާމް
ރާއްޖެ އެމްވީ
އެސޯސިއޭޝަން ކަޕް 2022
ސިޓީގެ ކޯޗު ޝަރީފްގެ ތައުރީފް ހުޒަންޓެއަށް
 
ހުޒާމަކީ ޓީމުގެ ހިތް
 
ކުޅުންތެރިންގެ އެހީތެރިކަން ވަރަށް ބޮޮޑަށް ލިބޭތީ ކޯޗަށް ވަރަށް ފަސޭހަވޭ

ސްޕޯޓްސް ކުލަބް ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)ގެ މޮޅު ކުޅުމަަށް އެ ޓީމުގެ ކޯޗު ހުސެއިން ޝަރީފް (ނަލަ) ތައުރީފުކޮށްފިއެވެ.

ނަލަ މިހެން ބުނީ މުބާރާތުގައި ހުކުރު ދުވަހުގެ ރޭ ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗަށްފަހުއެވެ. އެ މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ޓީމުން ކާމިޔާބުކޮށްފައިވަނިކޮށް، ސިޓީން ވަނީ ފަހަތުން އަރައި ތިން ސެޓު ހޯދައި މެޗުން މޮޅުވެފައެވެ.

މެޗަށް ފަހު ނަލަ ބުނީ ލިބުނު ކާމިޔާބަށްޓަކައި ޝުކުރު ކުރާކަމަށެވެ. އަދި މެޗުގެ ނަތީޖާއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. އޭނާ ބުނީ ކުރިންވެސް ފާހަގަކުރިގޮތަށް، އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫންކަމަށެވެ. އަދި ޕޮލިސްގެ މެޗަށްވެސް ނުކުތީ އެގޮތަށް ބަލައިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ނުކުންނާނީ ރަނގަޅަށްކަމަށް އޭނާ ބުންޏެވެ.

ނަލަ ބުނީ ކުރިން ވޮލީ ކުޅެފައި ތިބި ރަނގަޅު ކުޅުންތެރިން އެ ޓީމުގައި ހިމެނޭ ކަމަށެވެ. އެ ކުޅުންތެރިންގެ އެހީތެރިކަން ވަރަށް ބޮަޑަށް ލިބޭ ކަމަށާއި، އޭގެ ސަބަބުން ކޯޗަށް ވަރަށް ފަސޭހަވާކަމަަށް ނަލަ ބުންޏެވެ. ޚާއްސަކޮށް ނަލަ ވަނީ ހުޒަންޓެގެ ނަން ފާހަގަކޮށްފައެވެ.

އަސްލު މީގަ އެބައުޅޭ ވަރަށް ރަނގަޅަށް ކުރީގަ ކުޅެފަ ތިބި ކުޅުންތެރިންވެސް. އެހެންވީމަ އަސްލު ވާގޮތަކީ އަޅުގަނޑަށް ވަރަށް ބޮޑަށް ފަސޭހަވެގެންދޭ. އެމީހުން ވަރަށް ބޮޑަށް އެހީތެރިވެދޭ ހުރިހާ ކަމަކަށް ވެސް. އެހެންވީމާ ވަރަށް ފަސޭހަވޭ. ޚާއްސަކޮށް އަޅުގަނޑުމެންގެ ކެޕްޓަން ހުޒާމު މި ކުރާ ހިތްވަރަށް. އަޅުގަނޑު ޖަހާފަވެސް އިންނާނެ ކަން ނޭނގެ، އަޅުގަނޑުމެން ޓީމުގެ ހިތޭ އެއީ.
ހުސެއިން ޝަރީފް (ނަލަ) / ސިޓީގެ ކޯޗު

ހުޒަންޓެ ބުނީ މުބާރާތުގައި މޮޅެއް ލިބިފައި ބަލިވީމައި ރަނގަަޅަށް މަސައްކަތް ކުރެވުނު ކަމަށެވެ. އަދި މިހާ ހިސާބަށް އާދެވުނީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވަރަށް ބޮޑު އަޒުމަކާއެކު ކަމަށްވެސް ހުޒަންޓެ ބުންޏެވެ. ހުޒަންޓެ ބުނީ ސިޓީއަށް ލިބިފައި ތިބީ އަޚުލާގު ރަނގަޅު، ޓީމް ވޯރކް ވަރަށް ރަނގަޅު ތިން ކުޅުންތެރިން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް