Advertisement
ކ. މާލެ
|
15 ޖޫން 2022 | ބުދަ 17:28
އަހުމަދު ތަސްމީން އަލީ
އަހުމަދު ތަސްމީން އަލީ
ސަން އޮންލައިން
ސިންގަޕޫރުގެ ސަފީރަކަށް ތަސްމީން އައްޔަން ކުރަނީ
ސިންގަޕޫރުގެ ސަފީރަކަށް ތަސްމީން އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި
ރައީސް ވަނީ 3 ސަފީރަކު އައްޔަން ކުރަން މަޖިލީހަށް ފޮނުއްވާފައި

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ކުރިޣެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ އައްޔަން ކުރަން ސަރުކާރުން މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބުދަ ދުވަހު މަޖިލީހަށް ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވީ ސިންގަޕޫރުގެ ސަފީރުގެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝިހާބުގެ ބަދަލުގައި ތަސްމީން އައްޔަން ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވުމާމެދު މަޖިލީހުން މަޝްވަރާ ހޯއްދަވައި މަޖިލީހުން ނިންމަމާ ގޮތެއް އަންގަވައި ދެއްވުމަށް ވެސް ރައީސްގެ ސިޓީފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.

ސިންގަޕޫރުގެ ސަފީރުގެ އިތުރުން އެހެން ދެ ޤައުމަކަށް ސަފީރުން އައްޔަން ކުރެއްވުމަށް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން، އިންޑިއާއަށް ކަނޑައަޅުއްވާފައި މިހާރު ހުންނެވި ސަފީރުގެ ޑރ. ހުސައިން ނިޔާޒުގެ ބަދަލުގައި ސިންގަޕޫރުގެ ސަފީރުކަން އަދާ ކުރައްވަމުން ގެންދަވާ އިބްރާހިމް ޝިހާބު އައްޔަން ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

Advertisement

މީގެ އިތުރުން މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް ހ. މާލޭތިލަ، އަލީ ހުސައިން ދީދީ އައްޔަން ކުރެއްވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އެ މައްސަލަތައް ދިރާސާ ކުރުމަށް ޚާރިޖީ ކޮމިޓީއަަށް ފޮނުއްވުމަށް ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް