ކ. މާލެ
|
15 ޖޫން 2022 | ބުދަ 13:44
ޑާވިން ނޫނޭޒް
ޑާވިން ނޫނޭޒް
ޓްވީޓަރ
ޑާވިން ނޫނޭޒް
ނޫނޭޒް ލިވަޕޫލަށް ބަދަލުވީ ތަށި ހޯދުމުގެ އުންމީދުގައި
ލިވަޕޫލަށް ބަދަލުވީ 2028 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް

ބެންފީކާ ދޫކޮށް ލިވަޕޫލަށް ބަދަލުވީ ތަށި ހޯދުމުގެ އުންމީދުގައި ކަމަށް ޑާވިން ނޫނޭޒް ބުނެފިއެވެ.

ރަސްމީކޮށް ލިވަޕޫލަށް ސޮއިކުރުމަށްފަހު އޭނާ ބުނީ ލިވަޕޫލާ ގުޅުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ފަހުރެއްކަމަށެވެ. ލިވަޕޫލަކީ ކާމިޔާބު ކުލަބެއްކަމާއި، އެ ކުލަބުގައި ހުރެވުމުން ވަރަށް އުފާވާ ކަމަށް ވެސް ނޫނޭޒް ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ބުނީ ލިވަޕޫލުން ކުޅޭ ސްޓައިލަކީ އޭނާއަށް ކަމުދާ ސްޓައިލެއް ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން ނޫނޭޒް ބުނީ ދެން އޭނާ ލިވަޕޫލާ ގުޅުނު އެއް ސަބަބަކީ ވީހާވެސް ގިނަ ތަށި ހޯދަން ބޭނުންވުން ކަމަށެވެ. ލިވަޕޫލަށް އޭނާ ސޮއިކުރީ 2028 ވަނަ އަހަރުގެ ޖޫންމަހާ ހަމައަށެވެ.

ނޫނޭޒްއާ ގުޅޭ ގޮތުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ނޫނޭޒް ލިވަޕޫލަށް އައުމަކީ އޭނާއަށް ލިބުނު އުފާވެރި ޚަބަރެއް ކަމަށެވެ. އަދި ކުލަބުގެ އެންމެ ގުޅިގެން އެކަން ކާމިޔާބު ކުރެވުނީތީ އުފާވާ ކަމަށެވެ. އަދި މިހާރު އެ ޓީމުގެ އެޓޭކިންގައި ރަނގަޅު އޮޕްޝަންތަކެއް ހުރި ކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން ނޫނޭޒްއަށް އެއްވެސް ޕްރެޝަރަކާ ކުރިމަތިނުވާނެ ކަމަށް ކްލޮޕް ވަނީ ބުނެފައެވެ.

ލިވަޕޫލުން ނޫނޭޒްގެ ސޮއި ހޯދިއިރު، އެ ޓީމަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސާޑިއޯ މާނޭ އެ ޓީމު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

އުމުރުން 22 އަހަރުގެ ނޫނޭޒް ވަނީ ބެންފީކާއަށް 85 މެޗު ކުޅެދީ 48 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ނޫނޭޒް އަންނަނީ އުރުގުއާއީގެ ގައުމީ ޓީމަށް ވެސް ކުޅެމުންނެވެ. 2019 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅެން ފެށި ނޫނޭޒް ވަނީ ޤައުމީ ޓީމާއެކު 11 މެޗު ކުޅެ، ދެ ލަނޑު ޖަހާފައެވެ.

- ކޮމެންޓް