ކ. މާލެ
|
14 ޖޫން 2022 | އަންގާރަ 09:19
ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ)
ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ)
ރާއްޖެ އެމްވީ
އެސޯސިއޭޝަން ކަޕް 2022
ތަފާތަކަށްވީ ވެމްކޯގެ ބިދޭސީ ކުޅުންތެރިން: ހުސެއިން ޝަރީފް
ވެމްކޯ އަތުން ސިޓީ ބަލިވީ، ތިން ސެޓު އެއް ސެޓުން

އެސޯސިއޭޝަން ކަޕްގައި ކުލަބް ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ތަފާތު ފެނުނު ކަމަށް ސްޕޯޓްސް ކުލަބް ސިޓީގެ ކޯޗު ހުސެއިން ޝަރީފު (ނަލަ) ބުނެފިއެވެ.

ސިޓީން މުބާރާތް ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. ދެ ވަނަ މެޗުގައި ވެމްކޯ އަތުން ސިޓީ ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ.

ހޯމަ ދުވަހުގެ ރޭ އޮތް މެޗަށްފަހު ނަލަ ބުނީ މެޗުގައި ސިޓީގެ ކުޅުންތެރިންނަށް ގޯސްތަކެއް ހެދުނު ކަމަށެވެ. އަދި ކުރީ މެޗާ އަޅާ ބަލާއިރި، އެ ޓީމުގެ ކުޅުންތެރިންގެ ކުޅުން ދަށް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ވެމްކޯ ޓީމުގެ އަޝްވަލް ރާއީ އާއި ސެޓަރުގެ ތަފާތު ވަރަށް ބޮޑަށް ފެނުނު ކަމަށެވެ.

ޖުމުލަކޮށް މިއަދު ހަމަ އަޅުގަނޑުމެންނަށް ނުކުޅެވިގެން އަސްލު. ތިބުނިހެން ހަމަ އަޝްވަލް ރާއީ އާއި ސެޓަރުގެ ތަފާޓު ވަރަށް ބޮޑަށް އަސްލު ފެނިގެން ދިޔަ. އެހެންވީމާ ދެން އަންނަ މެޗެއްގައި ރަނގަޅުކޮށްގެން ނިކުންނަން ކަމަށް މި ގަސްތުކުރަނީ
ހުސެއިން ޝަރީފު (ނަލަ) / ސިޓީގެ ކޯޗު

މީގެއިތުރުން ނަލަ ބުނީ މެޗު ބެލި މީހުންނަށް ވެސް އަޝްވަލް ރާއީގެ ތަފާތު ފެންނާނެ ކަމަށެވެ. އަދި އޭނާއާއި އެ ޓީމުގެ ސެޓަރާ ވަރަށް ބޮޑަށް ދިމާވާކަން ފާހަގަކުރަމުން ނަލަ ބުނީ، އެ ކުޅުންތެރިން ހިފަހައްޓަން ވަރަށް އުނދަގޫކަމަށެވެ. އަދި އޭނާ ބުނީ ކުރިއަށް ހުރި މެޗުތަކަށް ޓީމު ނިކުންނާނީ އެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްގެންކަމަށެވެ.

މުބާރާތުގައި ސިޓީގެ މެޗެއް ދެން އޮންނާނީ ބުދަ ދުވަހުގެ ރޭ 20:15 ގައެވެ. އެ މެޗުގައި ސިޓީ ނިކުންނާނީ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

- ކޮމެންޓް