ކ. މާލެ
|
12 ޖޫން 2022 | އާދީއްތަ 19:34
ޕިޗް އަޕް ޔޫތު އެންޓްރަޕްރެނާޝިޕް ޗެލެންޖްގައި ހޮވުނު ފަރާތްތަކަށް ގްރާންޓް އޮފަރ ދީނުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕިޗް އަޕް ޔޫތު އެންޓްރަޕްރެނާޝިޕް ޗެލެންޖްގައި ހޮވުނު ފަރާތްތަކަށް ގްރާންޓް އޮފަރ ދީނުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިކޮނޮމިކް މިނިސްޓްރީ
ޕިޗް އަޕް ޔޫތު އެންޓްރަޕްރެނާޝިޕް ޗެލެންޖް
ޕިޗް އަޕް ޔޫތު އެންޓްރަޕްރެނާޝިޕް ޗެލެންޖްގައި ހޮވުނު ފަރާތްތަކަށް ގްރާންޓް އޮފަރ ދީފި
"ޕިޗް އަޕް ޔޫތު އެންޓްރޮޕްރޮނަރޝިޕް ޗެލެންޖް" ފުރަތަމަ ހިންގައިފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ ދަށުން
މިއީ ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރުމަށް ވޯލްޑް ބޭންކުގެ ހިލޭއެހީގެ ދަށުން 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ޕިޗް އަޕް ޔޫތު އެންޓްރަޕްރެނާޝިޕް ޗެލެންޖްގައި ހޮވުނު ފަރާތްތަކަށް ގްރާންޓް އޮފަރ ދީފިއެވެ.

ދިވެހިރާއްޖެ: އެންހޭންސިން އެމްޕްލޯއިބިލިޓީ އެންޑް ރެސިލިއަންސް އޮފް ޔޫތު "މީރީ" އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހަޔާއެޑިއުކޭޝަންއާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްއެކެވެ. މިއީ ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރުމަށް ވޯލްޑް ބޭންކުގެ ހިލޭއެހީގެ ދަށުން 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް ސްކިލްސް ތަރައްގީކޮށް، އިސްކަންދެވިފައިވާ ދާއިރާތަކުން ޒުވާނުން ވަޒީފާއަށް ނެރުމަށް ބާރުއެޅުމެވެ.

"ޕިޗް އަޕް ޔޫތު އެންޓްރޮޕްރޮނަރޝިޕް ޗެލެންޖް" ފުރަތަމަ ހިންގައިފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ ދަށުންނެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހޮވުނު ފަރާތްތައް އިޢުލާންކޮށް 10 ޖަނަވަރީ 2022 ގައި ވަނީ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. "ޕިޗް އަޕް" ޔޫތު އެންޓްރޮޕްރޮނަރޝިޕް ޗެލެންޖްގެ ފަރާތްތައް ހޮވާފައިވަނީ 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ބިޒްނަސް ދާއިރާއިން ތަމްރީން ކުރުމުގެ މަސައްކަތްތަކާއި، ބޫޓް ކޭމްޕަށް ހާޒިރުވުމާއި ބިޒްނަސް ޕްރޮޕޯސަލް ހުށަހެޅުމާއި، ޖަޖުންނަށް ބިޒްނަސް އައިޑިއާ ޕްރެޒެންޓް/ ޕިޗްކުރުމުގެ ޕްރޮސެސްއަށް ފަހުގައެވެ.

މީރީ ޕްރޮޖެކްޓް ރީސްޓްރަކްޗަރ ކުރުމަށްފަހު ޕިޗް އަޕް ޔޫތު އެ ންޓްރޮޕްރޮނަރޝިޕް ޗެލެންޖްގައި ކާމިޔާބުވީ ފަރާތްތައް ވަނީ އިކޮނޮމިކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ދަށަށް ބަދަލުކުރެވިފައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން 2022 ވަނަ އަހަރުގެ އެޕްރީލް މަހު ޓެކްނިކަލް ޕެނަލެއް އެކުލަވާލައި، ޕިޗް-އަޕް ވިނަރސް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް މުރާޖަޢާކޮށް އިވެލުއޭޓްކޮށް މިހާރު ވަނީ ނިމިފައެވެ.

މިރިވިއު ޕްރޮސެސްއަށް ފަހު، އަލަށް ފަށާ މި ވިޔަފާރިތަކަށް ޓެކްނިކަލް ޕެނަލުން 13.5 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ވިޔަފާރިތަކަކީ ދަނޑުވެރިކަމާއި އައި.ސީ.ޓީ، ޓޫރިޒަމް އަދި ޓޫރިޒަމާ ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިތަކެވެ. މިނިސްޓްރީއިން ވިޔަފާރިތަކަށް ފަންނީ އެހީތެރިކަމާއި، ސަޕޯޓް ސަރވިސަސް ދިނުމަށް ހަމަޖެހިފައިވާއިރު، މި ވިޔަފާރިތައް ހިންގަމުންދާ ގޮތް ގާތުން ބަލަމުންގެންދާނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ ނީޒާ ޢިމާދާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ރިޔާޒް މަންޞޫރާއި މިނިސްޓްރީ އޮފް ފިނޭންސްގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަލްފާޟިލާ މަރިޔަމް މަނާރަތު ބައިވެރިވެވަޑައިގެންނެވިއެވެ.

- ކޮމެންޓް