ކ. މާލެ
|
9 ޖޫން 2022 | ބުރާސްފަތި 16:23
ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯންއާއި ޒިނެދީން ޒިދާން
ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯންއާއި ޒިނެދީން ޒިދާން
މާސާ
ޕެރިސް ސެއިން ޖާމައިން
ފްރާންސްގެ ރައީސް ބޭނުންވަނީ ޕީއެސްޖީގެ ކޯޗުކަމަށް ޒިދާން ހަމަޖައްސަން!
އިމެނުއެލް އަކީ ޒިދާންގެ ސަޕޯޓަރެއް
އެމްބާޕޭ ޓީމުގައި މަޑުކޮށް ކޮންޓްރެކްޓް އައުކުރުމަށް އިމެނުއެލް އެޑްވައިސް ދެއްވި

ފްރާންސްގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ ކޯޗުކަމަށް ފްރާންސްގެ ފުޓްބޯޅަ ލެޖެންޑު ޒިނެދީން ޒިދާން ހަމަޖައްސަން ބޭނުންވާ ކަމަށް ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ.

ޕީއެސްޖީއަށް ޒިދާން ގެންދިއުމުގެ ޝައުގުވެރިކަން އިމެނުއެލް ފާޅުކުރެއްވުމާއެކު މިހާރު ވަނީ ޕީއެސްޖީން ޒިދާން ހޯދުމުގެ މަސައްކަތް ކުރާކަމުގެ އަޑުތައް ފެތުރިފައެވެ. ކުރިއަށް އޮތް ސީޒަނަށް ވާއިރަށް ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބޭރުކޮށް އައު ކޯޗެއް ހޯދާނެކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. ޕޮޗެޓީނޯއާއެކު ޕީއެސްޖީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަންނަ އަހަރުގެ ޖޫން މަހުއެވެ.

އިމެނުއެލް ވިދާޅުވީ ޒިދާންއާ އޭނާ ވާހަކަ ނުދައްކަވާ ކަމަށެވެ. ނަމަވެސް ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައިވެސް އޭނާ ޒިދާންއަށް ވަރަށް ބޮޑަށް ސަޕޯޓުކުރައްވާ ކަމަށް ވިދާޅުވިއެވެ. ރެއާލް މެޑްރިޑާއެކު ޒިދާން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާކަން ފާހަގަކުރައްވާ އިމެނުއެލް ވިދާޅުވީ އެއީ ޕީއެސްޖީންވެސް ބޭނުންވާ ތަށި ކަމަށެވެ. ޕީއެސްޖީގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ.

އިމެނުއެލް އިތުރަށް ވިދާޅުވީ ޒިދާން އެނބުރި ގައުމަށް އައިސް ޕީއެސްޖީއާ ފްރާންސްގެ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާތަން ބައްލަވާލަން ބޭނުންފުޅުވާ ކަމަށެވެ.

މީގެ އިތުރުން، ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ޓީމުގައި މަޑުކޮށް ކޮންޓްރެކްޓް އައުކުރުމަށް އިމެނުއެލް އެޑްވައިސް ދެއްވި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރެއާލް މެޑްރިޑުން އެމްބާޕޭ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރިއިރު، ޕީއެސްޖީގައި އޭނާ މަޑުކުރުވަން އިމެނުއެލް ނުފޫޒު ފޯރުވާފައިވާ ކަމަށްވެސް މީގެ ކުރިން އަޑުތައް ފެތުރުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް