ކ. މާލެ
|
7 ޖޫން 2022 | އަންގާރަ 07:01
އައްޑޫސިޓީ
އައްޑޫސިޓީ
ފޭސްބުކް
އައްޑޫގައި ހިންގި މާރާމާރީ
އައްޑޫ މާރާމާރީ: އުމުރުން 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި، ކުރިން ހައްޔަރުކުރި 16 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް
 
ފޭދޫގެ އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު ވަނީ ހައްޔަރުކޮށްފައި
 
ފޭދޫގައި ހިންގި މާރާމާރީގައި ޒަހަމްވި މީހާއަށް ފަރުވާދެމުން ދަނިކޮށް އެމީހާ ވަނީ މަރުވެފައި

ސ. ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން އުމުރުން 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭގެ މެންދަމު ފޭދޫގައި ހިންގި މާރާމާރީގައި ޒަހަމްވެ، ފަރުވާދެމުން ދަނިކޮށް އެމީހާ ވަނީ މަރުވެފައެވެ. މަރުވީ އުމުރުން 21 އަހަރުގެ މީހެކެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 16 އަހަރުގެ ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެކުއްޖާގެ ބަންދަށް 10 ދުވަސްދީފައިވާކަމަށެވެ. އަދި ހޯމަ ދުވަހުގެ ރޭ އުމުރުން 15 އަހަރުގެ ކުއްޖަކު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ.

މީގެއިތުރުން ފުލުހުން ވަނީ ފޭދޫގެ އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ. އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިހާތަނަށް މިމާރާމާރީއާ ގުޅޭގޮތުން ބުނެފައިވަނީ މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެންނާއި މަސްތުވާތަކެއްޗާ ގުޅުންހުރި މާރާމާރީތަކެއްކަމަށް ބެލެވިފައިވާކަމަށެވެ.

ފޭދޫގައި އެންމެ ފުރަތަމަ މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. އެ މާރާމާރީގައި 19 އަހަރުގެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާ އަށް މިހާރު ފަރުވާދެމުން ދަނީ މާލެ ގެނެސްގެނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން