ދ. ނިޔަމަ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީއަކު އަވަސް ފަރުވާ ދެނިކޮށް މަރުވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މަރުވެފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ މަރުވީ ދ. އަތޮޅު ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެނިކޮށްކަމަށާއި މަރުވީ އާދިއްތަ ދުވަހުގެ އިރުއޮއްސި 6:27 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
