ކ. މާލެ
|
2 ޖޫން 2022 | ބުރާސްފަތި 14:08
ޔޫކްރެއިން އަދި ސްކޮޓްލެންޑް ބައްދަލުކުރި މެޗަށްފަހު
ޔޫކްރެއިން އަދި ސްކޮޓްލެންޑް ބައްދަލުކުރި މެޗަށްފަހު
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް 2022
ވޯލްޑް ކަޕްގެ ޕްލޭއޮފް ފައިނަލުން ޔޫކްރެއިން ޖާގަ ހޯދައިފި
 
ސްކޮޓްލެންޑުގެ މައްޗަށް ޔޫކްރެއިނުން ކުރި ހޯދީ 3-1 ން

މި އަހަރު ޤަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި ޔޫރަޕުގެ ޕްލޭ އޮފް ފައިނަލުން ޔުކްރެއިން ޖާގަ ހޯދައިފިއެވެ.

ޕްލޭ އޮފްގެ ފައިނަލުން ޔުކްރެއިން ޖާގަ ހޯދީ ރޭ ސްކޮޓްލޭންޑް ބަލިކޮށްގެންނެވެ. ރޭގެ މެޗަކީ ރަޝިޔާއިން ޔުކްރެއިނަަށް ދެމުން ދިޔަ ހަމަލާތަކާ ގުޅިގެން ފީފާއިން ފަސްކުރި މެޗެކެވެ. އެންމެ ފުރަތަމަ އެ މެޗު ކުޅުމަަށް ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ ތެރޭގައެވެ. ސްކޮޓްލެންޑުގެ ހެމްޕްޑެން ޕާކުގައި ރޭ ކުޅުނު މެޗުން ޔުކްރެއިން މޮޅުވީ 1-3 ންނެވެ.

ރޭގެ މެޗުގައި ޔޫކްރެއިނުން ފުރަތަމަ ލަނޑު ޖެހީ 33 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިިދިނީ އެންޑީ ޔާމޮލަންކޯއެވެ. ޔޫކްރެއިނުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފަށައިގެން މެޗުގެ 49 ވަނަ މިނެޓުގައި މި ލަނޑު ޖެހީ ރޯމަން ޔަރެމްޗުކްއެވެ. މެޗުގެ 79 ވަނަ މިނެޓުގައި ސްކޮޓްލެންޑުގެ ކަލުމް މެކްގްރެގާ ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރޭގައި ޔުކްރެއިނުން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ، މި ލަނޑު ޖަހައިދިނީ އާޓެމް ޑޮވްބީކްއެވެ.

ވޯލްޑް ކަޕްގެ ޖާގަ ހޯދަން ޔޫކްރެއިނުން ނިކުންނާނީ ވޭލްސްއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރޭއެވެ. އެ މެޗުން މޮޅުވާ ޓީމެއް ދާނީ ވޯލްޑް ކަޕް ގްރޫޕް ބީއަށެވެ. އެ ގްރޫޕްގައި ހިމެނޭ ޓީމުތަކަކީ އެމެރިކާ، އިރާން އަދި އިންގްލެންޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް