ކ. މާލެ
|
1 ޖޫން 2022 | ބުދަ 07:03
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިިޙު
ރައީސް އޮފީސް
ރައީސްގެ ޚިތާބު
ދުންފަތުގެ އިސްތިއުމާލު ކުރުމުން ސިއްޙަތުގެ އިތުރުން ތިމާވެއްޓަށްވެސް ނޭދެވޭ އަސަރު ކުރޭ: ރައީސް
 
ރައީސް ވިދާޅުވީ ވެއްޓަށް ވިސްނައިގެން ވެސް ދުންފަތާ ދުރަށް ދާން ޖެހޭ ކަމަށް
 
ރައީސް ވަނީ ދުންފަތުގެ ނުރައްކާތެރިކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައި

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ސިއްޙީ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ތިމާވެށްޓަށްވެސް އޭގެ އެތައް ގެއްލުމެއް ފޯރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އަންގާރަ ދުވަހު ފޮނުއްވި ޚިތާބުގައެވެ. އެ ޚިތާބުގައި ރައީސް ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރާ، ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނާއި ދުންފަތުގެ ނުރައްކާތެރިކަމާ މެދު ރައްޔިތުން ހޭލުންތެރިކޮށް، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދައިން ރައްޔިތުން ދުރުކުރުމަށް މަސައްކަތް ކުރާ އެންމެނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރައީސް ވިދާޅުވީ ސިނގިރޭޓް އުފެއްދުމަށްޓަކައި ކޮންމެ އަހަރަކު އެވްރެޖް ގޮތެއްގައި 600 މިލިއަން ގަސް ކަނޑާކަމަށާއި ސިނގިރޭޓް އުފައްދާ ކާރުޚާނާތައް ހިންގުމުގެ ތެރޭގައި، އަހަރަކު 84 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވުގެ ތެރެއަށް ދޫކުރާކަމެވެ. އަދި ސިނގިރޭޓް އުފެއްދުމުގެ މަސައްކަތަށް އަހަރަކު އެވްރެޖް ގޮތެއްގައި، 22 ބިލިއަން ޓަނުގެ ފެން ބޭނުންކުރަންޖެހޭކަން ވެސް ރައީސްގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސިނގިރޭޓް ބުއިމަށް ފަހު ބާކީވާ ފިލްޓަރުގެ 4.5 ޓްރިލިއަން އެތިކޮޅު، ރައްކާތެރި ގޮތުގައި ނައްތާނުލައި އެކި ތަންތަނަށް އުކައިލުމުން، އެވްރެޖްކޮށް އަހަރަކު 766 ޓަނުގެ ވިހަ ކުނި އުފެދޭކަމާއި އޭގެ ސަބަބުން އެތައް ބައިވަރު ވިހަ ކެމިކަލްތައް، މި ބިމުގެ ވަޔާއި ފެނާއި ބިންގަނޑާ އެކުވެގެންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ތިމާގެ އަމިއްލަ ސިއްހަތަށާއި އަނެކުންގެ ސިއްހަތަށް، ގެއްލުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެނގި ހުރެ އެހެން މީހެއްގެ ސިއްހަތަށް ގެއްލުން ދިނުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި އަންނަން އޮތް ޖީލުތައް ދިރިއުޅުމަށްޓަކައި، ދުނިޔޭގެ ގުދުރަތީ ވެށި ރައްކާތެރިކުރުމުގެ ގޮތުންވެސް، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުބައި އާދައަށް ނޫނެކޭ ބުނުމުގެ ވަގުތު ޖެހިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި