ކ. މާލެ
|
30 މެއި 2022 | ހޯމަ 07:11
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އޮފީސް
"ވިއަވަތި ރާއްޖެ" ނިންމާލުން
މަސްތުވާތަކެއްޗާއި ގޭންގު މައްސަލަ ފުލުހުންނަށް އެކަނި ހައްލު ނުކުރެވޭނެ: ރައީސް
 
މިމައްސަލަތައް ހައްލުކުރަން ސަރުކާރުންވެސް މަސައްކަތް ކުރާ ކަމުގައި ރައީސް ވިދާޅުވި
 
ފުލުހުންނަށް ކައުންސިލްތަކުގެ އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންނެވި
 
މަސްތުވާތަކެތި އެތެރެކުރުމަށާއި ގޭންގުތައް ބާރުވެރިކުރަން ގިނަ މަސައްކަތް ކުރާތީ އެކަން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގުތަކުގެ ބިރުވެރިކަން އޮތްކަން ފާހަގަކުރައްވައި އެއީ ފުލުހުންނަށް އެކަނި ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ނިންމަވައިލައްވައި ރައީސް ވިދާޅުވީ މަސްތުވާތަކެތި އެތެރެ ކުރުމަށާއި ގޭންގުތައް ބާރުވެރި ކުރުވުމަށް ގިނަ ކަންކަން ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މަސްތުވާތަކެއްޗާއި ގޭންގުތަކުގެ މައްސަލަ ހައްލު ކުރަން ސަރުކާރުން އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެގޮތުން، ޤައުމީ ފެންވަރުގައި ޓާސްކްފޯސެއް އުފައްދަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ހިނގާ މަސްތުވާތަކެތީގެ ކަންކަމާއި ގޭންގު ޙަރަކާތްތައް ހުއްޓުވޭނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް ވެސް ގުޅިގެން ކަމަށެވެ. އަދި އެކަމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

އަޅުގަނޑު ތިހުރިހާ ބޭފުޅުން ކިބައިން ވަރަށް ބޮޑަށް އެދެން މިކަމުގައި އެއްބާރުލުން ދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް. ރަށްރަށުގައި ހިނގާ މިކަންތައްތައް ހައްލު ކުރެވޭނީ ތިބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައި. މިއީކީ ދިވެހި ފުލުހުންނަށް އެކަނި ހުއްޓުވޭނެ ކަމެއް ނޫން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ފުލުހުން ބުނި ގޮތުގައި މާލޭގައި 44 ގޭންގެއް ޙަރަކާތްތެރިވެއެވެ. މީގެ ތެރެއިން 9 ގޭންގެއްގެ ނުރައްކާ ބޮޑު ކަމަށާއި ގޭންގުތަކަށް ނިސްބަތްވާ 2800 އެއްހާ މީހުން އެބަތިބިކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ދެކުނުގައި ވެސް މިހާރު ގޭންގުތައް އިތުރުވަމުން އަންނަ ކަމަށާއި އުތުރާއި މެދު ރާއްޖެތެރޭގައި ގޭންގުތައް ފެތުރުމުގެ ބިރު އެބައޮތް ކަމަށް ފުލުހުން ބުނެއެވެ. އެއީ މާލޭގައި ޙަރަކާތްތެރިވާ ގޭންގުތަކުގެ އިސް ސަފުގައި އެ ރަށްރަށުގެ މީހުން އިސްކޮށް ޙަރަކާތްތެރިވާތީ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުުލުހުން ވެސް ވަނީ ގޭންގުތަކާއި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލްތަކުގެ އެހީއަށް އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި