ކ. މާލެ
|
29 މެއި 2022 | އާދީއްތަ 11:49
މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވާހަކަފުޅުދައްވަނީ
މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވާހަކަފުޅުދައްވަނީ
ރާއްޖެއެމްވީ
ވިޔަވަތި ރާއްޖެ
މާލެ ސިޓީ ކައުންސިލުން ވިޔަވަތި ކޮންފަރެންސްގައި ބައިވެރިނުވުމަށް ނިންމީ ކައުންސިލަރުންނާ މަޝްވަރާކުރުމެއް ނެތި
މެންބަރެއްގެ ޝައުގުވެރިކަން ނެތްކަމަށް ބުނާ ވާހަކައަކީ ދޮގެއް
އެމްޑީޕީ މެމްބަރަކާ މަޝްވަރާ ކުރައްވާފައި ނުވޭ

މާލެ ސިޓީ ކައުންސިލުން ވިޔަވަތި ކޮންފަރެންސްގައި ބައިވެރި ނުވުމަށް ނިންމީ ކައުންސިލަރުންނާ މަޝްވަރާ ކުރުމެއްނެތިކަން ހާމަވެއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މާލެ ސިޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ވިދާޅުވީ، ކޮންފަރެންސަށް ދައުވަތު ލިބުނުކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އެކަމާ ގުޅޭ ގޮތުން ކައުންސިލްގައި ހިމެނޭ އެއްވެސް އެމްޑީޕީ މެމްބަރަކާ މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އެހެންކަމުން އެއްވެސް މެންބަރެއްގެ ޝައުގުވެރިކަން ނެތްކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ސައިފު ވިދާޅުވިއެެވެ.

ރައީސް އޮފީހުން ބުނީ މާލެ ސިޓީ ކައުންސިލަށް 21 މެއި 2022 ވަނަ ދުވަހު ދައުވަތު ފޮނުވާފައިވާ ކަމަށެވެ. އަދި އެ ދައުވަތުގެ ޖަވާބު ސިޓީ ކައުންސިލުން 23 ވަނަ ދުވަހު ރައީސް އޮފީހަށް ފޮނުވިއިރު، ކޮންފަރެންސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން އެއްވެސް ކައުންސިލަރަކު ފާޅުކޮށްފައިނުވާތީ ބައިވެރިވެވެން ނެތް ކަމަށް އެ ސިޓީގައި ބުނެފައިވާކަމަށްވެސް ރައީސް އޮފީން މައުލޫމާތުދެއެވެ. ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ބައިވެރިވާނެ ކަމަށްވެސް ވަނީ އެ ސިޓީގައި ފާހަގަކޮށްފައެވެ.

ރައީސް އޮފީހުން ސިޓީ ކައުންސިލަށް 21 މެއިގައި ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި، މޭޔަރަށް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވެން ނެތްނަމަ ކައުންސިލް މެމްބަރަކަށް ވެސް ބައިވެރިވެވަޑައިގެންނެވޭނެކަމަށް ވަނީ ބުނެފައެވެ.

- ކޮމެންޓް