ކ. މާލެ
|
28 މެއި 2022 | ހޮނިހިރު 13:03
ވިއަވަތި ރާއްޖެ ކޮންފަރެންސް
ވިއަވަތި ރާއްޖެ ކޮންފަރެންސް
ރައީސް އޮފީސް
"ވިއަވަތި ރާއްޖެ" ކޮންފަރެންސް
އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ނިންމައިފި
 
އަތޮޅު ފިހާރަތަކުގެ ކުލި ޖަމާ ނުވާތީ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރި
 
ކުރިން ޖަމާ ކުރަމުން އައީ ކުލީގެ 50 އިންސައްތަ
 
2018ވަނަ އަހަރުގެ ކުލީގެ ގޮތުގައި 34 މިލިއަން ރުފިޔާ ކައުންސިލްތަކަށް ލިބޭނެ

މާލެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ އުކުޅަހުގައި ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. ގިނަ ކައުންސިލްތަކުން ވަނީ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމަށް ހައްލެއްގެ ގޮތުގައި އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލާ ހާވާޅު ކުރުމަށް ރައީސް ވަނީ ނިންމަވައިފައެވެ. މި ނިންމެވުމާއެކު 2018 ވަނަ އަހަރު އަތޮޅު ފިހާރަތަކުން ލިބުނު 34 މިލިއަން ރުފިޔާ އެއްކޮށް ކައުންސިލްތަކަށް ޖަމާކޮްދޭނެއެވެ.

މީޣެ ކުރިން ކައުންސިލްތަކަށް ޖަމާ ކުރަމުން އައީ އަތޮޅު ފިހާރައިން ލިބޭ ކުލީގެ 50 އިންސައްތައެވެ. އެ ފައިސާ ވެސް 2014 ވަނަ އަހަރުން ފެށިގެން ހުރީ ޖަމާ ނުކޮށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފާހަގަ ކުރެއްވިއެވެ. 2019ވަނަ އަހަރު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 2014 ވަނަ އަހަރުން ފެށިގެން ޖަމާ ނުކޮށްހުރި ފައިސާ ދަނީ ޖަމާ ކުރަމުންނެވެ.

އަމީރު ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ކުލީގެ ގޮތުގައި ޖަމާ ކުރަން ނިންމާފައި އޮތީ 17 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ރައީސްގެ ނިންމެވުމާއެކު އެ އަދަދު 34 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 206 ވަނަ އަހަރު އަތޮޅުފިހާރަތަކުން ކައުންސިލްތަކަށް ޖަމާ ކޮށްފައިވަނީ 17.9 މިލިއަން ރުފިޔާއެވެ. އަދި 2017 ވަނަ އަހަރު ޖަމާ ކޮށްފައިވަނީ 20.5 މިލިއަން ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި