ކ. މާލެ
|
28 މެއި 2022 | ހޮނިހިރު 10:19
ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
"ވިއަވަތި ރާއްޖެ" ކޮންފަރެންސް
މާލޭގައި ބްރިޖް އަޅައި ޕްރޮޖެކްޓުތައް ހިންގަނީ ތޮއްޖެހުމަށް ހައްލެއް ހޯދަން އޮތް ހަމައެކަނި ގޮތް ކަމަށްވާތީ: ރައީސް
 
ލާމަރުކަޒީ ނިޒާމުގެ ދަށުން މާލޭގެ އިތުރުން ހުރިހާ ރަށެއް ވެސް ކުރިއަރައި ތަނަވަސްވާނެ ކަމަށް ރައީސް ވިދާޅުވި
 
މާލޭގެ ރަށްވެހިންނަށް ގޯތި ހޯދައިދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި
 
ރައީސް ވިދާޅުވީ މާލެއަށް ގެންނަ ތަރައްގީއަކީ ކޮންމެހެން މުހިންމު ތަރައްގީއެއް ކަމަށް

މާލޭގައި ބްރިޖު އަޅައި ގިރާވަރު ފަޅު ހިއްކުން ފަދަ މަޝްރޫއުތައް ހިންގަނީ މާލޭގެ ތޮއްޖެހުމަށް އޮތް ހަމައެކަނި ހައްލަކީ އެއީ ކަމަށްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އއ. އުކުޅަހުގައި ފެށި "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ހުރިހާ މަޝްރޫއުއެއް ލާމަރުކަޒީ ނިޒާމާ ގުޅުވާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރައި ތަނަވަސްވާނެ ގޮތެއް ހޯދައިދޭން ކަމަށާއި މާލެއަށް އޮތް ހުރިހާ ބުރައަކަށް ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދިނުމަކީ ވެސް މި ނިޒާމުގެ މަގުސަދެއް ކަމަށެވެ. މާލެ ތޮއްޖެހި ބޮއްސުންލައިގެން ދިޔައީ އަޅުގަނޑުމެން ބަލަބަލަ ތިއްބާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެއީ އަމާޒެއް ނެތި ކަންކަން ހިންގުމުގެ ސަބަބުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގައި ތޮއްޖެހުމަށް އޮތް ހަމައެކަނި ހައްލަކީ މާލޭގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމަށެވެ. އެގޮތުން، މާލެއަށް ގެނެވޭ ބަދަލުތަކަކީ އިޖުތިމާއީ ދުޅަހެޔޮ ކަމާއި އިގްތިސާދީ ވެށި ތަނަވަސްކުރުމުގެ ބަދަލު ކަމަށް ރައީސް ވިދާޅުވިއެވެ.

ބުނެފާނެ، އެހެންވިއްޔާ މާލޭގައި ތިޔަ އަޅަނީ ކޮންފަދަ ބިޔަ ބްރިޖެއްތޯ. ކީއްކުރަން ހިއްކާ ގިރާވަރު ފަޅެއްތޯ. ޖަވާބަކީ، އެއީ ބާރުވެ، ތާށިވެފައިވާވުމަށް ދޫ ޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތް. ރާއްޖޭގެ މައި ބަނދަރު ފުރަމާލޭން ބޭރުކޮށް ގުޅީފަޅާ ހަމައަށް ފެއަށް ނުޖައްސާ، ދައުލަތުގެ ބަޖެޓަށް އާމްދަނީ ކައިރިކުރެވޭކަށް ނެތް. މާލެ ރަށްވެހީންނަށް ހައްގުވާ ގޯތި ނުދީ ވާކަށްވެސް ނެތް. މުޅި ރާއްޖެ ލާމަރުކަޒު ވާއިރު މާލެއަށް މިގެނެވެނީ އެއާ ގުޅޭ އިޖުތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ވެށި ތަނަވަސްކޮށްދިނުމުގެ ބަދަލު،
ރައީސުލްޖޫމްހޫއިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ މާލެއަށް ގެންނަ ބަދަލަކީ އުނދަނގޫ، ބުރަ އަދި ބޮޑު ބަދަލުތަކެއް ކަމަށްވެ. އަދި އެކަން ކުރުމުގައި ހިތްވަރާއި އަޒުމާއި ކެތްތެރިކަން އިސްކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބަދަލު ހިފުމާއި ޖަދަލު ކުރުން ފަދަ ކަންކަން ދޫކޮށްލައި އަޅަން ޖެހޭ ފިޔަވަޅުތައް ރަނގަޅު ގޮތުގައި އަޅާނަމަ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި