ކ. މާލެ
|
26 މެއި 2022 | ބުރާސްފަތި 22:08
ރައީސް ޖުނިއަރ ޓެނިސް ކުޅުންތެރިންނާއެކު
ރައީސް ޖުނިއަރ ޓެނިސް ކުޅުންތެރިންނާއެކު
ރައީސް އޮފީސް
ރައީސް ޓެނިސް ކުޅުންތެރިންނާ ބައްދަލުކުރެއްވުން
ޅަ އުމުރުގައި ޓެނިސް ކުޅުންތެރިން ރާއްޖެއަށް ރީތި ނަން ހޯދައިދޭތީ، ރައީސްގެ ތައުރީފު
 
ޓެނިސް ކުޅޭ ކުދިންގެ އިތުރުން އެ ކުދިންގެ މައިންބަފައިންނަށްވެސް ރައީސް ވަނީ ތައުރީފުކުރައްވައި ޝުކުރުއަދާކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައެއް ޖޫނިއަރ ޓެނިސް ކުޅުންތެރިންނާ ބައްދަލުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޖޫނިއަރ ޓެނިސް ކުޅުންތެރިން އެކިއެކި މުބާރާތްތަކުގައި ދައްކަމުންދާ މޮޅު ކުޅުން ފާހަގަކުރައްވާފައެވެ. އަދި އެ މުބާރާތްތަކުގައި ކުޅުންތެރިން ހޯދާފައިވާ ފަޚުރުވެރި ވަނަތަކަށްޓަކައި އެ މަނިކުފާނު ވަނީ އެ ކުޅުންތެރިންނަށް މަރުހަބާ ވިދާޅުވެ، އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދެއްވާފައެވެ.

އެ މަނިކުފާނުގެ ވަނީ ޓެނިސް ކުޅުންތެރިން އެހާ ޅައުމުރެއްގައި ރާއްޖެއަށް ރީތި ނަން ހޯދައިދީ މަތީ ވަނަތައް ހޯދާތީ ކުޅުންތެރިންނަށް ތައުރީފު ކުރައްވާފައެވެ. އަދި އެފަދަ ކާމިޔާބީއެއް ހޯދުމަށް އެ ކުޅުންތެރިންގެ މައިންބަފައިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ރައީސް ވަނީ އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ، ރާއްޖޭގައި ޓެނިސް ކުރިއެރުވުމަށް ހުރި ހުރަސްތައް ފާހަގަކޮށް އެކަންކަމަށް ހައްލު ހޯދުމަށްޓަކައި އެސޯސިއޭޝަންގެ ފަރާތުން ކުރަމުންގެންދާ މަސައްކަތުގެ މައުލޫމާތު ރައީސާ ހިއްސާކުރައްވާފައެވެ. އަދި ޓެނިސް ކުރިއެރުވުމަށް ހުރި ބައެއް ގޮންޖެހުންތައް ފާހަގަކުރައްވައި އެކަންކަމުގެ މައުލޫމާތު އެ އެސޯސިއޭޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޓެނިސް އެސޯސިއޭޝަނަށާއި ޓެނިސް ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް