ކ. މާލެ
|
26 މެއި 2022 | ބުރާސްފަތި 22:00
ރައީސުލްޖުމްހޫރިއްޔާ ސްކައުޓް އެސޯސިއޭޝަންގެ މެމްބަރުންނާއެކު
ރައީސުލްޖުމްހޫރިއްޔާ ސްކައުޓް އެސޯސިއޭޝަންގެ މެމްބަރުންނާއެކު
ރައީސް އޮފީސް
ރައީސް ސްކައުޓް ކައުންސިލާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ، ސްކައުޓް ކައުންސިލަށް އައްޔަންކުރެއްވި މެމްބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވައިފި
 
ސްކައުޓް ހަރަކާތްތައް ފުޅާކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ރައީސް ވިދާޅުވި
 
ރައީސް ވަނީ ސްކައުޓް އެސޯސިއޭޝަނުގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައި

ރައީސުލް ޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް އިބްރާހީމް މުހައްމަދު ސޯލިހު، ގައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަންކުރެއްވި މެމްބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ.

ލިޔުންތައް ހަވާލުކޮށްދެއްވީ ބުރާސްފަތިި ދުވަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ "ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.

ސްކައުޓް އެސޯސިއޭޝަންގެ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެ އެސޯސިއޭޝަނުން ވަނީ، ސްކައުޓް ހަރަކާތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ހުރި ހުރަސްތަކާއި ދަތިތަކުގެ މައުލޫމާތުވެސް މި ބައްދަލުކުރެއްވުމުގައި އެ އެސޯސިއޭޝަންގެ ފަރާތުން ރައީސަށް ހިއްސާކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސްކައުޓް ޖަމްބަރީގެ ތައްޔާރީތަކާއި ތަމްރީން ޕްރޮގްރާމްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރައްވާފައެވެ. އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށާއި އެ ހަރަކާތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް