ކ. މާލެ
|
24 މެއި 2022 | އަންގާރަ 19:53
ޖަމާލުއްދީން ސްކޫލް
ޖަމާލުއްދީން ސްކޫލް
ޖަމާލުއްދީން ސްކޫލް
މާރާމާރީ ހިންގަން އުޅުން
ޖަމާލުއްދީން ސްކޫލަށް ވަދެ މަރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި
 
ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން
 
އެމީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައި
 
ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ މީހެއް

ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ، މާރާމާރީ ހިންގަން އުޅުނު މައްސަލައެއް އަންގާރަ ދުވަހުގެ ހެނދުނު 08:49 އެހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް