ކ. މާލެ
|
23 މެއި 2022 | ހޯމަ 23:08
ވޯލްޑް ހެލްތް އެސެމްބްލީގެ 75ވަނަ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވާހަކަފުޅު ދައްކަވަނީ
ވޯލްޑް ހެލްތް އެސެމްބްލީގެ 75ވަނަ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވާހަކަފުޅު ދައްކަވަނީ
ހެލްތު މިނިސްޓްރީ
ވޯލްޑް ހެލްތް އެސެމްބްލީގެ 75ވަނަ ބައްދަލުވުން
ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ އިންސާނީ ކާރިސާއަކުން އަރައިގަތުމަށް ހުރިހާ ގައުމަކުންވެސް އެކަތި ގަނޑަކަށްވުމަށް ހެލްތް މިނިސްޓަރ ގޮވާލައްވައިފި
 
ރާއްޖެއަކީ ޒަމާނުއްސުރެ ސުލްހަ މަސަލަސްކަން އޮތް ގައުމެއް
 
ހުރިހާ ގައުމަކުން ކުރަމުން އަންނަ އެއް ހަނގުރާމައެއް އެބައޮތް

ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ އިންސާނީ ކާރިސާއަކުން އަރައިގަތުމަށް ހުރިހާ ގައުމަކުންވެސް އެކަތި ގަނޑަކަށްވުމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ގޮވާލައްވައިފިއެވެ.

ވޯލްޑް ހެލްތް އެސެމްބްލީގެ 75ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރ ނަސީމު ވިދާޅުވީ، ބައިނަލްއަގުއާމީ މީޑިއާތަކުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ މިހާރު ހިނގަމުންދާ ރަޝިޔާ ޔޫކްރެއިން ހަނގުރާމައަށް ކަމަށެވެ. ކަމާ ގުޅުންހުރި ޖަމިއްޔާ ޖަމާއަތްތަކުގެވެސް ކަންބޮޑުވުމަކީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިންސާނީ ދަރިފަސްކޮޅަށް ދިގުމުއްދަތަކަށް ކޮށްފާނެ އަސަރު ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މި ނާޒުކު ދަނޑިވަޅުގައި ދުނިޔޭގެ ހުރިހާ ލީޑަރުންނަށް ގޮވާލަނީ މިކަމުން އަރައިގަތުމަށް އެކަތި ގަނޑަކަށް ވުމަށް ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހަމައެއާއެކު، ހުރިހާ ގައުމަކުން ކުރަމުން އަންނަ އެއް ހަނގުރާމައެއް އެބައޮތް ކަމަށާއި، އެ ހަނގުރާމައަކީ ދުނިޔެ ހޫނުވުމާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ކުރަމުން އަންނަ ހަނގުރާމަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަމައެހެންމެ ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަވެސް އަދި ނުނިމޭ ކަމަށް ވިދާޅުވިއެވެ.

މިކަންކަމުގެ ސަބަބުން ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް މަދުވެފައިވާ ކަމަށާއި، ޕެންޑަމިކްގެ ސަބަބުންވެސް މިކަމަށް އަސަރު ކުރިކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް ހަމަޖެހޭ މުޖުތަމައެއް ބިނާކުރުމުގެ މުހިންމުކަން މިނިސްޓަރ ނަސީމް ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ސުލްހަ މަސަލަސްކަން އޮތް ގައުމެއް ކަަމަށާއި، އެކުވެރި ދައުލަތްތަކާއި އަދި ހަމަ އެހެންމެ ހުރިހާ ގައުމަކާއެކުވެސް ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކާމިޔާބު ކަމާއެކު ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތް ކާމިޔާބުވުމުގައި އެންމެ އެކަށީގެންވާ ދަޑިވަޅުގައި ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން ނިންމެވި މުހިންމު ނިންމުންތައް މިނިސްޓަވަނީ ފާހަގަކުރައްވާފައެވެ. ރައީސް ސާލިހުގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން ކުރެއްވި މަސައްކަތުން އިގްތިސާދީ ގޮތުން ރާއްޖެއަށް ލިބުނު ގެއްލުން ކުޑަކުރެވިގެންދިޔަކަަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް