ކ. މާލެ
|
23 މެއި 2022 | ހޯމަ 07:07
އެމެރިކާގެ ރައީސް ޖޯ ބައިޑެން ޖަޕާނަށް ވަޑައިގެންނެވުން
އެމެރިކާގެ ރައީސް ޖޯ ބައިޑެން ޖަޕާނަށް ވަޑައިގެންނެވުން
ރޮއިޓާސް
ބައިޑެން ޖަޕާނަށް ކުރައްވާ ދަތުރުފުޅު
އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޖަޕާންގެ އެމްޕެރާ ނަރުހިތޯއާ ބައްދަލުކުރައްވައިފި
ބައިޑެންގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ޖަޕާން، އިންޑިއާ އަދި އޮސްޓްރޭލިއާގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވޭ
ބޮޑު ވަޒީރު ފުމިއޯ ކިޝީޑާއާވެސް ބައްދަލު ކުރައްވާނެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޖަޕާންގެ އެމްޕެރާ ނަރުހިތޯއާ ބައްދަލުކުރައްވައިފިއެވެ.

ބައިޑެން ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އިންޑޯ-ޕެސިފިކް އިކޮނޮމިކް ފްރޭމްވޯރކް ފޮރ ޕްރޮސްޕެރިޓީ (އައިޕީއީއެފް) ލޯންޗް ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ އެމެރިކާއިން އިންޑޯ-ޕެސިފިކްގެ ޤައުމުތަކާއެކު އޮންނަ އިޤުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ލޯންޗްކުރާ ޕްރޮގްރާމެކެވެ.

ޖަޕާންގެ އެމްޕެރާ ނަރުހިޓޯއާއެކު ކުރިއަށްދާ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރައްވާނެއެވެ.

ބައިޑެންގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ޖަޕާން، އިންޑިއާ އަދި އޮސްޓްރޭލިއާގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ބައިޑެން ޖަޕާނަށް ވަޑައިގެންނެވީ އާދީއްތަ ދުވަހުއެވެ.

އެމްޕެރާ ނަރުހިތޯއާ ބައްދަލު ކުރެއްވުމަށްފަހު ބޮޑު ވަޒީރު ފުމިއޯ ކިޝީޑާއާވެސް ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެެއްވުމުގައި ޖަޕާނުގެ އަސްކަރިއްޔާ ވަރުގަދަ ކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެއެވެ.

މިޕްރޮގްރާމުން އެމެރިކާއަށް ފައިދާތަކެއް ކުރިނަމެސް އިންޑޯ-ޕެސިފިކް ޤައުމުތަކަށް ކުރާ ފައިދާ ކުޑަވާނެ ކަމަށް މި ޕްރޮގްރާމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް