ކ. މާލެ
|
22 މެއި 2022 | އާދީއްތަ 15:22
އަލިފުށީ އެއަރޕޯޓާއި، އެހެނިހެން ކަންކަމަށް ބޭނުންކުރާ ބިން ހިއްކުމުގެ މަސައްކަތް ފެށުން
އަލިފުށީ އެއަރޕޯޓާއި، އެހެނިހެން ކަންކަމަށް ބޭނުންކުރާ ބިން ހިއްކުމުގެ މަސައްކަތް ފެށުން
ރާއްޖެއެމްވީ
އަލިފުށީ އެއަރޕޯޓް
އަލިފުށީ ރައްޔިތުންގެ ހުވަފެނުގައި ކުލަޖެހެން ފަށައިފި – އެއަރޕޯޓުއަޅަން ބިންހިއްކަން ފަށައިފި
 
40.5 ހެކްޓަރު ބިމަކީ އެއާޕޯޓް ތަރައްގީކުރުމަށް ހިއްކޭ ބިން
 
10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޚާއްސަކުރެވިގެން ހިއްކޭ ބިން
 
މި މަޝްރޫއުގެ ދަށުން، އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި

ރ. އަލިފުށީގައި އެއަރޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 8:30 ގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނި އެމްޓީސީސީއާއެވެ. މިއީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ހަވާލުކުރެވުނު އެންމެ ބޮޑު ޢުމްރާނީ ތަރައްގީގެ މަޝްރޫޢުއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން، އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޚާއްސަކުރެވިގެން ހިއްކޭ ބިމެކެވެ. އަދި ބާކީ 40.5 ހެކްޓަރު ބިމަކީ އެއާޕޯޓް ތަރައްގީކުރުމަށް ހިއްކޭ ބިމެވެ. މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑު ހެދުމުގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއް ވެސް ގާއިމުކުރެވިގެންދާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

މިއީ 451.61 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 750 ދުވަހުގެ ތެރޭގައެވެ. އަލިފުށީގައި އެއާޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން ބޮޑުބައެއް ހިއްކައިގެންނެވެ. މި މަސައްކަތަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެއްވަނަ ދުވަހުއެވެ.

މި މަޝްރޫއަކީ އަގުގެ ގޮތުންނާއި، މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ގޮތުން ބަލާއިރު މިއީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ސަރުކާރުން އެ ކުންފުންޏާއި ހަވާލުކުރި އެންމެ ބޮޑު މަޝްރޫއު ކަމުގައި އެމްޓީސީސީއިން ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް