ކ. މާލެ
|
22 މެއި 2022 | އާދީއްތަ 10:27
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު- ރައީސް ސާލިޙު ވަނީ އެންތަނީ އަލްބަނީސްއަށް މަރުޙަބާ ވިދާޅުވެފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު- ރައީސް ސާލިޙު ވަނީ އެންތަނީ އަލްބަނީސްއަށް މަރުޙަބާ ވިދާޅުވެފައި
ރައީސް އޮފީސް
އޮސްޓްރޭލިއާގެ އައު ބޮޑުވަޒީރު
އޮސްޓްރޭލިއާގެ އައު ބޮޑުވަޒީރަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ
 
ރައީސް ސާލިޙު ވަނީ އެންތަނީ އަލްބަނީސްއަށް މަރުޙަބާ ވިދާޅުވެފައި
 
ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަނީ ޒަމާންވީ ގުޅުމެއް
 
އޮސްޓްރޭލިއާގައި ކުރިއަށް ގެންދިޔަ އާންމު އިތިހާބުން ލޭބަރ ޕާޓީ ވަނީ ކާމިޔާބު ހޯދާފައި

އޮސްޓްރޭލިއާގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު މަރުޙަބާ ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާގައި ކުރިއަށް ގެންދިޔަ އާންމު އިންތިޚާބުން ލޭބަރ ޕާޓީ ކާމިޔާބު ހޯދާފައިވާއިރު، އެޤައުމުގެ އައު ބޮޑުވަޒީރަކަށް ހޮވިވަޑައިގެންފައިވަނީ ލޭބަރ ޕާޓިގެ އެންތަނީ އަލްބަނީސްއެވެ. މިއާއެކު މިހާރުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ބަލި ޤަބޫލުކުރައްވާކަން އިއުލާނުކުރައްވާފައެވެ.

އާދިއްތަ ދުވަހު ރައީސް ސާލިޙު ކުރެއްވި ޓްވީޓެއްގައި ވަނީ ބޮޑުވަޒީރުކަމުގެ މަޤާމަށް ހޮވިވަޑައިގެންފައިވާތީ އެންތަނީ އަލްބަނީސްއަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސް ސާލިޙު ވިދާޅުވި ގޮތުގައި ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަކީ ރާއްޖޭގެ ތަރައްޤީއަށްވެސް މުހިއްމު ކަމެކެވެ.

ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.

އަލްބަނީސް އެންމެ ފުރަތަމަ ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބު ކުރެވުނީ މީގެ 26 އަހަރު ކުރިންނެވެ. އެ މުއްދަތުގައި ލޭބާ ޕާޓީއަށް އޮސްޓްރޭލިއާގެ ސަރުކާރު ކޮންޓްރޯލް ކުރެވުނީ އެންމެ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އަލްބަނީޒް އެންމެ ފުރަތަމަ ކެބިނެޓުން ޖާގަ ހޯއްދެވީ 2007 ވަނަ އަހަރު، ކެވިން ރަޑްގެ ވެރިކަމުގައެވެ. އެއާ ވިދިގެން ލޭބާ ޕާޓީގެ މަތީ ރޭންކުތަކަށް ޕްރޮމޯޓްވެގެން ދިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް