ކ. މާލެ
|
20 މެއި 2022 | ހުކުރު 11:12
ނަބާ ނިޝާން
ނަބާ ނިޝާން
ޓްވިޓަރ
ނަބާ ނިޝާން
އިންޑިއާ ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންސް ސީރީސްގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ނަބާ ހޯދައިފި
ޗެމްޕިއަންކަން ހޯދީ މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށްގެން
ސެޓުތައް ނަބާ ހޯދީ 4-6 އަދި 2-6 ން
ފައިނަލް މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުން

އިންޑިއާގައި ކުރިއަށްދާ އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންސް ސީރީސް ޓެނިސް މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން ހޯދައިފިއެވެ.

ނަބާ ޗެމްޕިއަންކަން ހޯދީ ހުކުރު ދުވަހު ހެނދުނު ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. އުމުރުން 12 އަހަރުގެ ނަބާ ފައިނަލް މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނަބާ ހޯދީ 4-6 އަދި 2-6 ންނެވެ. ފައިނަލްގައި ނަބާ ވާދަކުރީ އިންޑިއާގެ އާކީޝާ ގޯޝްއާއެވެ.

ނަބާ މިހާރު އަންނަނީ އާއިލާ އާއި ކުޅިވަރު ވުޒާރާގެ އެހީތެރިކަމާއެކު އިންޑިއާގައި ޓެނިސް ޓްރެއިނިން އެއް ހަދަމުންނެެވެ.

މީގެ ކުރިން އުމުރުން 11 އަހަރުގައި ނަބާ ވަނީ ޤައުމީ ޓެނިސް މުބާރާތުގެ ތިން ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދާފައެވެ. އެއާއެކު ނަބާ ވެގެންދިޔައީ ޤައުމީ މުބާރާތުގެ ރަން ތަށި ކާމިޔާބުކުރި އުމުރުން އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

(އިތުރު ތަފްސީލް އަންނަނީ)

- ކޮމެންޓް
20 މެއި 2022 | ހުކުރު 16:53
މިނާ
ވ. ހޫނު މަރުހަބާ އެއް. ގަދައަށް މަސައްކަތް ކޮށް ތި ލިބުނު ކާމިޔާބީ އިން ހިތްވަރު ލިބިގެން އިތުރު ކާމިޔާބީ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރޭ. ﷲ ގެ ރަހްމަތްފުޅުން ކާމިޔާބު ލިބޭނެ.