ކ. މާލެ
|
20 މެއި 2022 | ހުކުރު 07:55
ވެމްކޯ ކުނި ނެގުން
ވެމްކޯ ކުނި ނެގުން
ރާއްޖެއެމްވީ
ރައްކާތެރި ގޮތުގައި ކުނި އުކާލުން
އުކާލަން ނެރޭ ކުނި އަންނަ މަހުން ފެށިގެން ވަކި ކުރަން އަންގައިފި
އުކާލާ ކުނި ވަކި ކުރަން އަންގާފައިވަނީ ޖޫން މަހުން ފެށިގެން
މާލެ ސަރަހައްދުގައި އުފެދޭ ކުނި ތިން ބަޔަކަށް ވަކި ކުރަން ވަނީ އަންގާފައި

ގޭބިސީތަކުން އުފައްދާ ކުނި އުކާލަން ނެރޭއިރު ވަކި ކޮށްފައި ބަހައްޓަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަންގައިފިއެވެ.

އެ ކުންފުނިން މިހެން އެންގީ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އާއްމުކޮށްފައިވާ ގަވާއިދުގެ ފަސް ވަނަ އިސްލާހުގައި އުކާލަން ނެރޭ ކުނި ކަނޑައެޅިވައިވާ ބައިބަޔަށް ވަކި ކުރަން އަންގާފައިވާތީއެވެ.

މި ބަދަލުތަކާއެކު ކުނި މެނޭޖްކުރުމުގެ ގަވާއިދުގެ ފަސްވަނަ އިސްލާހު ގެޒެޓް ކޮށްފައިވަނީ 17 އޮގަސްޓް 2021 ގައެވެ. މި ބަދަލާ އެއްގޮތަށް ވެމްކޯއިން އަމަލު ކުރަން ފަށާނީ 2022 ޖޫން 1 އިން ފެށިގެން ކަމަށް އެ ކުންފުނިން ބުނެއެވެ.

ވެމްކޯއިން އަންގާފައިވާގޮތުގައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކުނި އުކާލަން ނެރޭއިރު ވަކި ކޮށްފައި ހުންނަން ޖެހޭނީ ތިން ކެޓަގަރީއަކަށް ބަހާލައިފައެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތުގެ ކުންޏެވެ.

މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކާއި ސިނާއީ ރަށްތަކާއި ރިސޯޓްތަކުން ކުނި އުކާލާއިރު ހަތަރު ބަޔަކަށް ބަހާލަން ޖެހޭނެއެވެ. އެއީ ކުނިވާޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި، މައުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ބާވަތްތަކެވެ.

މި ބަދަލާއެކު ޖޫން މަހުން ފެށިގެން ކުނި ބަންދު ކުރާއިރު ވަކި ކުރަން ކަނޑައަޅާފައިވާ ކުނި، އެއްކުނީގެ ބާވަތްތަކާއި އަނެއްކުނީގެ ބާވަތްތައް އެއް ނުވާނެހެން ވަކި ކޮތަޅުތަކުގައި ބަންދު ކުރުމަށް ސަމާލުވުމަށް ވެމްކޯއިން އެދެއެވެ. އަދި އަމިއްލައަށް ކުނި އުކާލާ ފަރާތްތަކުން ވެސް ވެމްކޯގެ ސައިޓުތަކަށް ކުނި އުކާލާއިރު ކުނި ވަކި ކުރަން އެ ކުންފުނިން ވަނީ އަންގާފައެވެ.

އަންގާފައިވާގޮތަށް ކުނި ވަކި ނުކުރާނަމަ އެ ގެއަކުން ކުނި ނުނެގުމުގެ އިހުތިޔާރު ވެމްކޯއަށް ލިބިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ދުވަހު ކުނީގެ އިތުރުން އުފެދޭ ކުނި އުކާލެވޭނީ ކުރިންވެސް އެ ކުނި އުކާލަން ހަދާފައިވާ ގަވާއިދުގެ ދަށުން ވެމްކޯގެ ކޯލް އެންޑް ޕިކަޕް ސާވިސް މެދުވެރިކޮށެވެ. އަދި ދުވަހު ކުނީގެ ގޮތުގައި އުކާލަން ޖެހޭ ކުނި އުކާލަން ވެމްކޯގައި ރަޖިސްޓްރީވާން ޖެހޭނެއެވެ.

ކުނި ވަކިކޮށްގެން އުކާލުމަކީ މިހާރު ގިނަ ޤައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތެވެ. އެއީ ވަކި ކޮށްގެން ކުނި އުކާލުމުގެ ސަބަބުން ރިސައިކަލް ކުރަން ފަސޭހަވުމާއި މެނޭޖް ކުރަން ޖެހޭ ކުނި ނިސްބަތުން މަދުވެފައި ކުނި ނައްތާލަން ފަސޭހަވާނެތީއެވެ.

- ކޮމެންޓް
21 މެއި 2022 | ހޮނިހިރު 05:05
ކާޚުގުއި
ކުނިގެންދާމީހުން ތިންކޮތަޅުހުރިއްޔާގެންދަނީ އެއްކޮތަޅު
21 މެއި 2022 | ހޮނިހިރު 01:31
venbo
v fakkaa 2 habaru miothee, 1. kuni vakikoh 3 kothalah alhan 2. komme kothalhakun 2 rf charge kuraa vaahaka.. laari libey bayakah laari libeynethaa.. mhu musaara kothahu gannan dhaanee