ކ. މާލެ
|
19 މެއި 2022 | ބުރާސްފަތި 09:23
ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ފްރޭންކްފާޓުން ކާމިޔާބުކުރުން
ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ފްރޭންކްފާޓުން ކާމިޔާބުކުރުން
ގެޓީ އިމޭޖަސް
ޔޫރަޕާ ލީގު
ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ފްރޭންކްފާޓަށް
ފްރޭންކްފާޓް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-4ން
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1ން ނަތީޖާ އެއްވަރު

އައިންޓްރަކްޓް ފްރޭންކްފާޓުން ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ފްރޭންކްފާޓުން މުބާރާތް ކާމިޔާބުކުރީ ފައިނަލް މެޗުގައި ރޭންޖާސް ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ކޮންމެ ޓީމަކުންވެސް ވަނީ އެއް ލަނޑު ޖަހާފައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޖޯ އަރީބޯގެ ލަނޑުން ލީޑު ނެގީ ރޭންޖާސްއެވެ. ނަމަވެސް ފްރޭންކްފާޓް ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފްރޭންކްފާޓުގެ ލަނޑު ޖަހައިދިނީ ރަފައެލް ސަންޓޯސް ބޯރޭއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1ން ނަތީޖާ އެއްވަރުވުމުގެ ސަބަބުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. ފްރޭންކްފާޓް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-4ންނެވެ. ރޭންޖާސް ބަލިވީ އެޓީމުގެ އާރޮން ރަމްސޭ ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. ފްރޭންކްފާޓުން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބު ކޮށްފައެވެ.

މިއީ 1980 ވަނަ އަހަރު ޔުއެފާ ކަޕް (މިހާރުގެ ޔޫރޮޕާ ލީގު) ކާމިޔާބުކުރި ފަހުން ފްރޭންކްފާޓަށް ޔޫރަޕުގައި ލިބުނު ފުރަތަމަ ކާމިޔާބީއެވެ.

- ކޮމެންޓް