ކ. މާލެ
|
18 މެއި 2022 | ބުދަ 16:44
ސާޓޭ ފެއަރގެ ބައިވެރިން
ސާޓޭ ފެއަރގެ ބައިވެރިން
އެމްއެމްޕީއާރްސީ
ރާއްޖެ އިޝްތިހާރު ކުރުން
އިންޑިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް، ސާޓޭ ފެއަރގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ
ފެއަރ ކުރިއަށްދާނީ އިންޑިއާގެ ނިއުދިއްލީގައި މެއި 18ން 20ށް

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ އިންޑިއާ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް އެ ގައުމުގައި މިހާރު ކުރިއަށްދާ "ސާޓޭ 2022" ފެއަރގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބައިވެރިވެއްޖެއެވެ.

އިންޑިއާގެ ނިއުދިއްލީގައި މެއި 18ން 20ށް ކުރިއަށްދާ މި ފެއަރގައި ރާއްޖެ ޕްރޮމޯޓްކުރަން އެމްއެމްޕީއާރުސީއާއެކު ފަތުރުވެރިކަމުގެ ދާއިރާގެ 33 ފަރާތުން ބައިވެރިވެއެވެ. މިއީ އިންޑިއާގައި ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމުގެގޮތުން ބައިވެރިވާ ފެއަރއެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ސާޓޭއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ވިޔަފާރިތަކަށް ޚާއްސަކޮށްގެން، ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ހަރަކާތުގައި އެ ކުންފުނިން ބައިވެރިވަނީ އިންޑިއާ މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓެޖީގެ ދަށުން ކަމަށެވެ. އެގޮތުން އެ ސްޓްރެޓަޖީ ބިނާކޮށްފައިވަނީ، ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، އެ މެސެޖު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް މެދުވެރިކޮށް ފަތުރައި، ރާއްޖެ އަންނަން ބޭނުން ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މައްޗަށެވެ.

މީގެއިތުރުން މި ސްޓްރެޓެޖީގެ ދަށުން، އިންޑިއާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓައި އިތުރުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންނަށް އެ ފަރާތްތަކުގެ ޕްރޮޑަކްޓްތައް އިޝްތިހާރުކުރާނެ ޕްލެޓްފޯމްތައް ފޯރުކޮށްދީ، ކޮވިޑުގެ ކުރިއެކޭ އެއްވަރަށް އެރައިވަލްސް އިތުރުކުރުމަށް މަސައްކަތްކުރުމަކީވެސް ބޭނުމެއްކަމަށް އެ ކުންފުނިން ބުނެއެވެ.

އިންޑިއާއަކީ މިދިޔަ އަަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މާކެޓެވެ. އެގޮތުން މިދިޔަ އަހަރު އިންޑިއާއިން 278740 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ އެއަހަރު ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 22.6 އިންސައްތައެވެ.

- ކޮމެންޓް