ކ. މާލެ
|
18 މެއި 2022 | ބުދަ 06:36
މަޖީދީ ރަންގެ ތެރެއިން
މަޖީދީ ރަންގެ ތެރެއިން
ރައީސް އޮފީސް
މަޖީދީ ރަން
މަޖީދީ ރަން ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި
ރަސްމިއްޔާތު ބާއްވާފައިވަނީ މާލެ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކްގައި

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ބޭއްވި "މަޖީދީ ރަން" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ މާލެ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކްގައެވެ.

މަޖީދީ ރަން ނިންމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މަޖީދީ ރަންގައި ސިންތެޓިޖް ޓްރެކްގައި ދުވެވަޑައިގަންނަވާފައެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދީ ރަން ނިންމެވުމުގެ ގޮތުން މަޖީދީ ރަންގެ ދަންމަރު ނިންވާލައްވާފައެވެ.

މަޖީދީ ރަންގައި މިހާތަނަށް ގިނަ ބަޔަކު ބައިވެރިވެފައިވާއިރު މި ރަން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޖީދީ ރަންގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިއްޒަތްތެރިންނާއި މަޖީދިއްޔާ ސްކޫލްގެ ގިނަ ޢަދަދެއްގެ މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


Advertisement
- ކޮމެންޓް