ކ. މާލެ
|
16 މެއި 2022 | ހޯމަ 19:01
އެމްޑީޕީގެ ރައީސާއެކު ފައްޔާޒުގެ އުފަންދުވަސް
އެމްޑީޕީގެ ރައީސާއެކު ފައްޔާޒުގެ އުފަންދުވަސް
ރާއްޖެއެމްވީ
ރައީސް ނަޝީދާއި ފައްޔާޒުގެ ގުޅުން
ރައީސް ނަޝީދާއި ފައްޔާޒުގެ ގުޅުމުގެ ވަރުގަދަކަން ދައްކުވައިދިނީ ކޭކު ފެޅުމަކުން
 
އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯއްދަވައިދެއްވާނެކަމާމެދު ޝައްކެއް ނުކުރަން- ނަޝީދު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިން ފެށުނީއްސުރެން ޕާޓީގެ އެތެރޭގެ ވާދަވެރިކަން އިތުރުވެގެންދިޔައެވެ. މިއާއެކު މެމްބަރުން އެކަކުއަނެކަކަށް ބަހުގެ ހޫނު ހަމަލާތައް ރައްދުކުރަމުންދިޔައެވެ. މިކަންތައްތައް ފާޅުގައި ފެންނަމުންދިޔައިރު ގިނަ މީހުން ބުނަމުންދިޔައީ އެމްޑީޕީ ބައިބައިވަނީ ކަމަށެވެ. ޕާޓީގެ އެތެރޭގައި ރެނދުލައި، ޕާޓީ ރޫޅެމުންދާކަމަށް ވެސް ބައެއް މީހުން ބުނަމުން ދިޔައެވެ.

އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާ ދެމެދު ބަދަލުކުރެވުނު ހޫނު ބަހުގެ ހަމަލާތަކެވެ. އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ފައްޔާޒު އިންތިޚާބުވެގެން ދިޔުމުން އެންމެ ފުރަތަމަ ވެސް އާންމުންގެ ހިތުގައި އުފެދިގެންދިޔަ ސުވާލަކީ އެމްޑީޕީގެ ރައީސް ނަޝީދާއި ފައްޔާޒު އެއްކޮށް މަސައްކަތްކުރައްވަނީ ކިހިނެއްތޯއެވެ.

ޚިޔާލުތަފާތުވުންތަކާއި ވާދަވެރިކަން އުފެދިފައިވީނަމަވެސް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތްކުރެވޭނެ ކަމާމެދު ކުޑަކޮށްވެސް ޝައްކުނުކުރައްވާކަމަށް ފައްޔާޒު ވަނީ (އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު) ވިދާޅުވެފައެވެ. ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގައި ހުންނަވައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯއްދަވައިދެއްވާނެކަމާމެދު ޝައްކެއް ނުކުރައްވާކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. ދެބޭފުޅުންގެ މިވާހަކަތަކާ ގުޅިގެން އާންމުންނަށް ހައިރާންކަމެއް ލިބިގެންދިޔައެވެ.

މީގެ ކުރީގެ މަންޒަރުތަކަށް ބަލާއިރު، އެމްޑީޕީއަކީ މިފަދަ ވާދަވެރިކަން ޕާޓީގެ އެތެރޭގައި އުފެދުނު ނަމަވެސް މެމްބަރުން ނިންމާ ގޮތަށް އިހުތިރާމްކުރާ ޕާޓީއެކެވެ. އަދި މެމްބަރުންގެ ނިންމުން ގަބޫލުކޮށް، ޕާޓީގެ މަސައްކަތައިގެން ކުރިއަށްދާ ޕާޓީއެކެވެ. ގިނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ސަރުކާރުގެ މަސައްކަތްތަކަށް އެމްޑީޕީގެ މެމްބަރުން ފާޑުވިދާޅުވާއިރު، އެމްޑީޕީ ފެނިގެންދަނީ އެކަތިގަނޑެއްގެ ގޮތުގައެވެ. ރައީސް ރިޔާސީ ބަޔާން އިއްވެވުމަށް މަޖިލީހަށް ވަޑައިގަތް ދުވަހު ވެސް، އިދިކޮޅުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމުން، އެކަމާ ދެކޮޅަށްވެސް ތެދުވީ ހަމަ އެޕާޓީންނެވެ. އެމްޑީޕީގެ އެތެރޭގައި ކިތަންމެ ހިތްހަމަނުޖެހުމެއް އައިސް ނުތަނަވަސްކަން އުފެދުނުނަމަވެސް، އެޕާޓީއަށް އެހެން ބަޔަކު އިނގިލި ދިއްކޮށް ބަސް ބުނާނަމަ ޕާޓީގެ މެމްބަރުން އެކަމާ ދެކޮޅަށް ތެދުވެއެވެ.

އެޕާޓީން ގަބޫލުކުރާ ހަމަތަކާއި އުސުލޫތައް މަތީގައި ދެމިތިބެއެވެ. މިކަމުގެ އެއް މިސާލު މިއަދު ވެސް ފެނިގެން ހިނގައްޖެއެވެ. މިއަދު ފެނިގެން ދިޔައީ ފައްޔާޒުގެ އުފަންދުވަހު ކޭކު ފެޅުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތްތަނެވެ. އަދި އުފަންދުވަހުގެ ތަހުނިޔާގެ ލަވަވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ދެބޭފުޅުންގެ ދެމެދުގައާއި ޕާޓީގެ މެދުގައި އޮތް އެއްބައިވަންތަކަން ވެސް، ފެޅި ކޭކާއެކު މިވަނީ ފެނިގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ވަޒީފާގެ ބިރު ދަނީ ވަރަށް ބޮޑަށް ދައްކަމުން، އިސްދޫން އެކަނިވެސް 100ށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި
މުއިއްޒުގެ އަތްޕުޅަށް ބާރުތައް ދިން ވަރަކަށް އިތުރަށް އެ ބާރުތައް މުށުތެރެއަށް ލައްވައި ބާރުކުރައްވަމުން ގެންދަވާނެ: ސާލިހު