ކ. މާލެ
|
1 ފެބްރުއަރީ 2025 | ހޮނިހިރު 08:27
އެމްޑީޕީގެ "ފުދިއްޖެ. ފުނޑިއްޖެ" ރެލީގެ ތެރެއިން
އެމްޑީޕީގެ "ފުދިއްޖެ. ފުނޑިއްޖެ" ރެލީގެ ތެރެއިން
ރާއްޖެ އެމްވީ
މަގޭ ރިޕޯޓު
އެބުނާ އަސްލު އެމްޑީީޕީ ނިކުމެއްޖެ!
އެމްޑީޕީގެ ބޮޑު އެއްވުން ފެށުނީ ވެސް ވަރުގަދަ ކޮށެވެ. ސީދާ ރައީސް މުޢިއްޒުގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ. އެއްވެ ތިބި މީހުންގެ ފަރާތުން ފެންނަމުން ދިޔަައީ އާދަޔާ ޚިލާފު ޖޯޝެކެވެ. ހިތްވަރެކެވެ. މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރާ މެދު މާޔޫސްވެ، އަދި ސަރުކާރު ދެކެ ރުޅި އައިސްފާ މިންވަރު ފެނުނެވެ.

ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމެއް ދިވެހިރާއްޖެ އަށް އައުމާއެކު، އެންމެ ފުރަތަމަ ވުޖޫދުވެގެން އައި ސިޔާސީ ޕާޓީ އަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެ ޕާޓީ އަކީ ޙައްޤުތައް ހޯދުމަށް ވަކާލާތު ކުރި ޕާޓީ އެވެ. އަސާސީ ޚިދުމަތްތަކާއި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމު ކުރުމަށް ކެނޑިނޭޅި ވަކާލާތު ކުރި ސިޔާސީ ޕާާޓީ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އަބަދު ވެސް ޙަރަކާތްތެރިކަމާ އެކު އެމްޑީޕީ ފެނިގެން ދެޔެވެ. އެ ޕާޓީގެ މެމްބަރުންނާއި، އެ ޕާޓީ އަށް ތާއީދު ކުރާ މީހުން އަބަދުމެ ބުނާ ވާހަކައެއް ވެސް އޮވެ އެވެ. އެއީ އެމްޑީޕީ އަކީ އިދިކޮޅަށް ފަރިތަ ޕާޓީއެއް ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުމުގައި ފެން ހިފޭ މަސައްކަތެއް ކުރާ ޕާޓީއެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ގިނަ ކަންތައްތަކެއް ގޯހުންދާ ކަަމުގެ ވާހަކަ ގިނަ ރައްޔިތުން ދެއްކި އެވެ. އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ނިކުންނަން ޖެހޭ ވާހަކަ ވެސް ދެއްކި އެވެ. ނަަމަވެސް އޭރު އެމްޑީޕީގެ "ލޮނު މަޑު" ވާހަކަ ވެސް އިވުނުލެއް މަދެއް ނޫނެވެ.

އެކަން އެހެން އޮއްވާ، ރަައީސް މުޢިއްޒުގެ ސަަރުކާރަށް އެއް އަހަރުވީ ފަހުން އެމްޑީޕީން އެއްވުމެއް އިއުލާން ކުރި އެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު "ޤާނޫނު އަސާސީގެ ދިފާޢުގަައި" ނިކުމެ އެމްޑީޕީން މުޅި ކާނިވާ ފުރާލި އެވެ. އެއާއެކު އެމްޑީޕީގެ އާންމު ގިނަ މެމްބަރުންނާއި، ސަރުކާރާ މެެދު މާޔޫސްވެފައި ތިބި އެތައް ބަޔަކަށް އުންމީދެއް ލިބުނެވެ.

އޭގެ ފަހުން އަނެއްކާ ވެސް އެމްޑީޕީން ނިކުމެއްޖެ އެވެ. މިފަހަރު ޖަލްސާއެއް ނޫނެވެ. ސީދާ މަގު މައްޗަށެވެ. އަބަދު ވެސް އެމްޑީޕީ ފަރިތަ، ވެރި ރަށް މާލާގެ މަގުތަކަށެވެ. ހުކުރު ދުވަހުގެ ރޭ "ފުދިއްޖެ ފުނޑިއްޖެ" ނަމުގައި އެމްޑީޕީން ބޭއްވި އެއްވުމަކީ، މިފަހުގެ ތާރީޚެއްގައި ސިޔާސީ ޕާޓީ އަކުން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ސިޔާސީ ޙަރަކާތެވެ.

ހުކުރު ދުވަހުގެ ރޭ އަށެއް ޖަހަންވީއިރު އާޓިފިޝަލް ބީޗު ސަރަޙައްދަށް މީހުން ދިޔައީ އެއްވަމުންނެވެ. މަޑުމަޑުން މީހުން އައިސް، އެ އެއްވުން ފެށުނުއިރު އާޓިފިޝަލް ބީޗު ކައިރިން ބޮޑުތަކުރުފާނު މަގު އޮތީ ފުރިފަ އެވެ. ރައީސް މުޢިއްޒުގެ ޚުދުމުހުތާރު ސަރުކާރާ މެދު މާޔޫސްވެފައި ތިބި އެތައް އާންމުންނެއް ދިޔައީ އެއްވަމުންނެވެ. ޒުވާނުންނާއި، ހަރު މީހުންނެވެ. އުމުރުން ދުވަސްވީ މީހުންނާއި، އަތް ގަނޑުގައި ހިނގާފައި އުޅޭ މީހުން ވެސް އެއްވެ ތިބި އެވެ. ސަރުކާރާ މެދު އެހާ ވަރަށް ރައްޔިތުން މާޔޫސްވެއްޖެ އެވެ.

އެމްޑީޕީގެ ބޮޑު އެއްވުން ފެށުނީ ވެސް ވަރުގަދަ ކޮށެވެ. ސީދާ ރައީސް މުޢިއްޒުގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ. އެއްވެ ތިބި މީހުންގެ ފަރާތުން ފެންނަމުން ދިޔަައީ އާދަޔާ ޚިލާފު ޖޯޝެކެވެ. ހިތްވަރެކެވެ. މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރާ މެދު މާޔޫސްވެ، އަދި ސަރުކާރު ދެކެ ރުޅި އައިސްފާ މިންވަރު ފެނުނެވެ. ނަމަވެސް ސިޔާސީ ކަންކަމުގައި އިދިކޮޅު މީހުން މާޔޫސް ނުވާކަމުގެ ފުރިހަމަ ނިޝާން ވެސް ފެނުނެވެ. މުޅި މަގު ގުގުމާލާފައި އޮތީ "ރައީސް މުޢިއްޒު، އިސްތިއުފާ"، "ރައީސް މުޢިއްޒު، އިސްތިއުފާ"ގެ އަޑުންނެވެ.

ރައީސް މުޢިއްޒު އަދި ސަރުކާރުން މިވީހާ މުއްދަތުގައި ބީރު ކަންފަތެއް ދީގެން އުޅުނު ނަަމަވެސް، ހުކުރު ދުވަހުގެ ރޭ އޮތް އެއްވުމުގެ އަޑު އިވޭނެ އެވެ. އާންމު އުސޫލުން ހުކުރު ދުވަހުގެ ރޭ ރައީސް މުޢިއްޒު އާރަށުގައި ފުޓްސަލް ކުޅުއްވުމުގައި އަވަދިނެތި އުޅުއްވިޔަސް، އަރިހުގައި ތިއްބެވި ބޭފުޅުން އެ އެއްވުމުގެ ވާހަކަ ރައީސަށް ދަންނަވާނެކަން ޔަގީން ކަށަވަރެވެ.

ހުކުރު ދުވަހުގެ ރޭ އޮތް އެއްވުމުން ފާހަގަވީ އަަދިވެސް އެމްޑީޕީ ދިރި ދެމި އޮތް ކަމެވެެ. ސިޔާސީ ކަންކަމުގަައި އެމްޑީޕީގެ އެތެރޭގައި އޮތް ވަރުގަދަ ޖޯޝާއި ރޫޙޫ އަދި ވެސް އޮތް ކަމެވެ. އެެވެރިން އެ ބުނާ އަސްލު އެމްޑީޕީ އޮތް ކަމެވެ. އެ އެމްޑީޕީ ގެއްލި ނުދާ ކަމެވެ. އަސްލު އެމްޑީޕީ ނިކުމެއްޖެ އެވެ. އަސްލު އެމްޑީޕީ ޖަމާވެއްޖެ އެވެ. އެމްޑީޕީއާ މެދު އުންމީދު ގެންގުޅޭ ރައްޔިތުން އަދިވެސް މި ރާއްޖޭގައި ގިނަ އެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ އެ އެއްވުން ކާމިޔާބެވެ. ގިނަ އަދަދެއްގެ ރައްޔިތުން ވެސް ނިކުމެއްޖެ އެވެ. އެކަމަކު، ބައެއް މީހުން ދެކޭ ގޮތުގައި އެ އެއްވުމުގައި ބައެއް ކަންކަން މަދެވެ. އެއީ މީގެ ކުރިން އެމްޑީޕީން ބާއްވާ އެއްވުންތަކާއި މުޒާހަރާތަކުގައި ފެންނަ ކުލަ ނުފެނެ އެވެ. މީގެ ކުރިން އެމްޑީޕީން މަގު މައްޗަށް ނިކުމެއްޖެ ނަމަ، ފުލުހުންގެ ބެރިކޭޑުތަކުގައި ޖެހުމާއި، ޕެޕަރ ސްޕްރޭގައި ނުޖެހި ނިންމާލާފައި ނެތެވެ. އެހެން ނަމަވެސް، މިފަހަރުގެ އެއްވުމުން އެކަން ނުފެނުނެވެ. އެއްވުމުގެ ބައިވެރިން ހިނގަމުން ދިޔައީ ފުލުހުން ދެއްކި މަގުންނެވެ. އެކަމުގެ ސަބަބުން ސަރުކާރަށް އެންމެ ބޭނުންވާ ގޮތުގައި ޕްރެޝަރު ނުދެވުނު ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ. އެހެން ނަަމަވެސް، މި އެއްވުމާއެކު ދެން ކުރިއަށް އޮތް ތަނުގައި އެމްޑީޕީން އެއްވާ އެއްވުންތައް ވަރުގަދަވެފައި، އިތުރަށް ފޯރި ގަދަވާނެ ކަމުގެ އުންމީދު މެމްބަރުންނަށް އެބަ އޮތެވެ.

ސިޔާސީ ޙަރަކާތްތަކުގައި އަބަދު ވެސް އެމްޑީޕީން ބުނާ ބުނުމެއް އޮވެ އެވެ. "މިތުރުންގެ ހިތަަށް ދަތި ކުރި ކަޅު ކޮންމެ ރެޔެއް، ފިޠުރަތުގެ އުސޫލުން ނިމެނީ ފަތިހަށެ އަމުދުން" މިހެންނެވެ.

- ކޮމެންޓް