ކ. މާލެ
|
15 މެއި 2022 | އާދީއްތަ 12:03
ރައީސް ޔޫއޭއީއަށް ވަޑައިގަތުމަށް ފްލައިޓަށް އަރައިވަޑައިގަންނަވަނީ
ރައީސް ޔޫއޭއީއަށް ވަޑައިގަތުމަށް ފްލައިޓަށް އަރައިވަޑައިގަންނަވަނީ
ރައީސް އޮފީސް
ރައީސް ޔޫއޭއީއަށް
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޔޫއޭއީއަށް ފުރާވަޑައިގަންނަވައިފި
 
މިއީ އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އެމަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި، އެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމުށް ކުރައްވާ ދަތުރުފުޅެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރަސްމީ ދަތުރުފުޅެއްގައި އާދީއްތަ ދުވަހު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި، އެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވީ ހުކުރު ދުވަހުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރުފުޅެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ރާއްޖޭގެ ޤައުމީ ދިދަ 3 ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ޔޫއޭއީގެ ރަސްމީ ނޫސް އިދާރާއިން ރިޕޯޓުކޮށްފައިވާގޮތުން، ރައީސް ޝައިޚް ޚަލީފާ އަވަހާރުވުމުގެ ހިތާމައިގައި ޔޫއޭއީގެ ދިދަ ވެސް 40 ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި