Advertisement
ކ. މާލެ
|
14 މެއި 2022 | ހޮނިހިރު 18:37
ރައީސް ސޯލިހުގެ އަރިހުގައި ރީކޯ މޫސާ މަނިކު- ރައީސް ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގެންނެވި ދަތުރުފުޅުގައި
ރައީސް ސޯލިހުގެ އަރިހުގައި ރީކޯ މޫސާ މަނިކު- ރައީސް ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގެންނެވި ދަތުރުފުޅުގައި
ޓްވިޓަރ/ރީކޯމޫސާ
ރިޔާސީ އިންތިޚާބު
2023ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާނެކަމަށް ރައީސް ސޯލިހު އަޅުގަނޑުގާތު ވިދާޅުވި - ރީކޯ މޫސަ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހެއްދެވީ އިތުރުފުޅެއް
އެމްޑީޕީގެ ޕްރައިމަރީއާއި ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ރައީސް ސޯލިހު ނިންމަވާފައިނުވާކަމަށް ރައީސް އޮފީހުންވެސް ވަނީ ބުނެފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވިކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން، އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ކުރެއްވި މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

Advertisement

ރީކޯގެ އަމިއްލަ ޓްވިޓަރ އެކައުންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު އިންނެވި ފޮޓޯއެއް ހިއްސާ ކުރައްވައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވީ އިތުރުފުޅެއްކަމަށެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުވެ ވާހަކަނުދައްކަވާތާ އެތައްދުވަހެއް ވެއްޖެކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ. އަދި އޭނާއާ ބައްދަލުވެ ވާހަކަ ދައްކަވާ ކޮންމެފަހަރަކު، އެމަނިކުފާނު 2023ށް ކުރިމަތިލައްވާނެ ވާހަކަ ވިދާޅުވާ ކަމަށާއި، ކުރިއަށްވަޑައިގަންނަވާނީ އުސޫލާއެއްގޮތަށް ކަމަށް ވިދާޅުވާ ކަމަށެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައިވަނީ، 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހު ނުކުންނަވާނެކަމަށް ލަފާނުކުރެއްވޭކަމަށް ވިދާޅުވެ، ރައީސް ސޯލިހު ވާދަނުކުރައްވާނެކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ. ރައީސް ސޯލިހު 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ނުކުރެއްވިނަމަވެސް، އެމަނިކުފާނު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަމުގެ މައުލޫމާތު އިތުބާރުހުރި ފަރާތްތަކުން އަންނަނީ ދެމުންނެވެ. އެމްޑީޕީގެ ޕްރައިމަރީއާއި ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ރައީސް ސޯލިހު ނިންމަވާފައިނުވާކަމަށް ރައީސް އޮފީހުން ވެސް ވަނީ ބުނެފައެވެ.

2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހު ރިޔާސީ ޓިކެޓް ދިނުމަށް "ގަދަޔަށް" ތާއީދު ކުރައްވާކަމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްވެސް ވަނީ، ރާއްޖެޓީވީން ގެނެސްދިން "ޗެއަރޕަރސަން ބަހުސް 2022"ގައި ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ފަޅިން މި ކަމާގުޅިގެން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވަނީ ރިޔާސީ ޓިކެޓް ދިނުމަށް ޕްރައިމަރީއެއް އޮންނާނެ ކަމަށެވެ. 

ރައީސް ސޯލިހު ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ރަސްމީކޮށް ހާމަކުރައްވާފައި ނުވިނަމަވެސް، ރައީސް ސޯލިހުގެ އެންމެ ގާތް އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވިދާޅުވީ، 2023ގެ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރުމަށް ބާއްވާ ޕްރައިމަރީގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވާ އެމްޑީޕީގެ ބޭފުޅަކަށް ޕްރައިމަރީއަކާއި ނުލައި ދެ ދައުރަށް ވާދަކުރުމުގެ ފުރުސަތު ދޭންޖެހޭނެއެވެ.

Advertisement

Advertisement
- ކޮމެންޓް
15 މެއި 2022 | އާދީއްތަ 12:21
މިއަދު
ޢަޅުގަނޑުވެސް ރ ނަޝީދާ އެއްކޮޅެއްނޫން އަދި އެމްޑީޕީގެ އެތެރޭގައި ހިނގާކަންތައްތަކާ ބެހޭކައްވެސް ބޭނުމެއްނޫން ނަމަވެސް ރައިސް ސާލިހު 2023 ގައި ކުރިމަތިލައްވާނެެެެ ކަމަށް ގަބޫލުފުޅުނުކުރައްވާކަމަށް ވިދާޅުވުމުން އެއީ ރ ނަޝީދު.ހެއްދެވި އިތުރުފުޅެއްކަމަށް ބުނެ އެކަން ކުއްވެރިކުރުން އެއީ ގޯހެއް އެއަކީ ދޮގެއްނޫން އެއީ ނަޝީދުގެ ގަބޫލުކުރުން ނުވަތަ ދެކޭގޮތް